ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019 ބާއްވައިފި

CourtAdministrators201923.jpeg

"ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019" މިރޭ ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ، މި ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އެވެ.

CourtAdministrators201920.jpeg

CourtAdministrators201906.jpeg

CourtAdministrators201908.jpeg

މި މަސައްކަތު ބައްދަލުވުމަކީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، 3 ސެޕްޓެންބަރު 2019 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާގުޅިގެން، އެ ޤާނޫނުގެ ދަށުން ކޮންމެ ކޯޓެއްގައި ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމު އުފެދި، އަދި ކޯޓު ތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ކަމަށް ހަމަޖެހިގެން ދިއުމާގުޅިގެން، މިހާރު ކޯޓުތަކުގައި ބިތި ކޯޓު އެޑްމިނިސްޓްރޭޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.

CourtAdministrators201902.jpeg

CourtAdministrators201917.jpeg

CourtAdministrators201907.jpeg

CourtAdministrators201910.jpeg

CourtAdministrators201911.jpeg

CourtAdministrators201921.jpeg

CourtAdministrators201919.jpeg

CourtAdministrators201922.jpeg

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓު ތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ގެނެވުނު ބަދަލާ އެއްގޮތަށް ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން ވިލަރެސްކޮށް، ކޯޓުތަކުގެ ހިންގުން އެއްގޮތްކޮށް، ހަރުދަނާކުރުމާއެކު ހުރިހާ ކޯޓުތަކެއްގައި ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއެކު، ކޯޓުތައް ހިންގުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ.