ޝަރުޢީދާއިރާ އަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ރިޓަޔަރޑް މެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދުވާފިރު ގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވުން

ޝަރުޢީ ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ސ.ފޭދޫ އިރުދޭމާގެ އަލްފާޟިލް އަޙްމަދު ވާފިރު ބޭސްފަރުވާއަށް ސްރީލަންކާގައި ހުންނަވަނިކޮށް، 10 ޑިސެންބަރު 2018 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނިޔާވުމާ ގުޅިގެން، އެ އަލްމަރްޙޫމްގެ ޢާއިލާއަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ތަޢުޒިޔާ ފޮނުއްވައެވެ.

ސ.އަތޮޅު ކޯޓުގެ ޤާޟީ ކަމުގެ ވަޒީފާއިން ޝަރުޢީ ދާއިރާ ގުޅިވަޑައިގެންނެވި އަޙްމަދު ވާފިރު ޝަރުޢީ ދާއިރާގެ ވަޒީފާއިން ރިޓަޔަރކުރެއްވީ ޢުމުރުފުޅުން 70 އަހަރު ފުރުމާގުޅިގެންނެވެ. އަތޮޅު ކޯޓުގެ ޤާޟީ ކަމުގެ އިތުރުން ސ.ފޭދޫ ކޯޓުގެ ޤާޟީ ކަމާއި، ސީނިއަރ މެޖިސްޓްރޭޓް ކަމާއި، އެ ކޯޓުގެ އިސްމެޖިސްޓްރޭޓްކަން އަޙްމަދު ވާފިރު ވަނީ އަދާކުރައްވާފައެވެ. ޝަރުޢީ ދާއިރާގެ ވަޒީފާއިން ރިޓަޔަރ ކުރެއްވި އިރު އަޙްމަދު ވާފިރު ހުންނެވީ ސ.ފޭދޫ ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ގެ މަޤާމުގައެވެ.

އަލްފާޟިލް އަޙްމަދު ވާފިރު އަކީ ޝަރުޢީ ދާއިރާއަށް އިޚުލާޞްތެރިކަމާއެކު އަގު ނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަލްފާޟިލް އަޙްމަދު ވާފިރު ނިޔާވުމުގެ ހިތާމައިގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، މުޅި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަމުގައި އަޙްމަދު ވާފިރުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަރްޙޫމުގެ ފާފަ ފުއްސަވައިދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމެވެ. އާމީން!

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno