ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ބައެއް ސުޕީރިއާ ކޯޓުތައް ރިސެސް އަށް ހިނގައްޖެ

Justice Building

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ބައެއް ސުޕީރިއާ ކޯޓުތައް ރިސެސް އަށް ހިނގައްޖެއެވެ. ކޯޓުތައް ރިސެސް އަށް ދިއުމަށް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

02 ޑިސެންބަރު 2018 އިން ފެށިގެން 02 ޖަނަވަރީ 2019 ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ. ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުނުކެނޑި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

01 ޑިސެންބަރު 2018 އިން ފެށިގެން 31 ޑިސެންބަރު 2019 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓު އޮންނާނީ ރިސެސްގައެވެ. ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.

ސުޕީރިއަރ ކޯޓުތައް

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓާއި ޖުވެނައިލް ކޯޓު ވެސް ވަނީ ރިސެސް އަށް ގޮސްފައެވެ.

ސިވިލް ކޯޓު ކޯޓު ރިސެސް އަށް ދިއުމަށް ނިންމާފައިވަނީ 01 ޑިސެންބަރު 2018 އިން 20 ޑިސެންބަރު 2018 އަށެވެ. ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުން ވަނީ ނިންމާފައެވެ. ރިސެސްގެ މުއްދަތުގައި ޢާންމުގޮތެއްގައި ސިވިލް ކޯޓުގައި ހިނގަމުންދާނީ މައްސަލަތައް ބަލައިގަތުމާއި، ނިމިފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީޢަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތަކެވެ. މިގޮތުން ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ.

ޖުވެނައިލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވަނީ 01 ޑިސެންބަރު 2018 އިން 20 ޑިސެންބަރު 2018 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ރިސެސް އަށް ދިއުމަށް ހަމަޖެހިފައިވަނީ 15 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ވަނަ ދުވަހާ ހަމައަށެވެ. ފެމެލީ ކޯޓު ރިސެސް އަށް ދިއުމަށް ހަމަޖެހިފައިވަނީ  16 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ވަނަ ދުވަހާ ހަމައަށެވެ. އަދި ޑްރަގް ކޯޓު ރިސެސް އަށް ދިއުމަށް ހަމަޖެހިފައިވަނީ 11 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ވަނަ ދުވަހާ ހަމައަށެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno