ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ޑރ. ޢަބްދުﷲ ނަޒީރު ހަމަޖައްސަވައިފި

Judicial Administrator Dr. Abdulla Nazeer 2018.jpg

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މ. އެމޭޒަން، ޑރ. ޢަބްދުﷲ ނަޒީރު ހަމަޖައްސަވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޢައްޔަންކުރައްވާ ފަރާތެކެވެ.

2018 ނޮވެންބަރު 28 ދުވަހުން ފެށިގެން، ޑރ. ޢަބްދުﷲ ނަޒީރު މި މަޤާމަށް ޢައްޔަންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ ޢާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިދާރާއެވެ. މި އިދާރާ ޤާއިމުކުރެވިފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައެވެ. މި އިދާރާ ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.