ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިވެފައިވާކަން ކަށަވަރުކުރުމުގެ ގޮތުން، ޝަރީޢަތް ކުރެވޭ ބަސް ނޭނގޭ އަދި ވާހަކަދެއްކުމާއި، އަޑު އިވުމުން މަޙްރޫމްވެފައިވާ ޚަޞްމުންނާއި، ހެކިންނާއި، ޚަބީރުންނަށް ތަރުޖަމާނުންގެ އެހީތެރިކަން ޝަރުޢީ ކޯޓުތަކުން ދަނީ ފޯރުކޮށްދެމުންނެވެ، ވުމާއެކު، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތުތަކުގައި، ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމަށްޓަކައި މިޑިޕާޓްމަންޓުގައި ވަނީ ތަރުޖަމާނުންގެ ދަފްތަރެއް ޤާއިމުކޮށްފައެވެ. މި ދަފްތަރުގައި ހިމެނެނީ:

ޖަދުވަލު 1: ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓް

ޖަދުވަލު 2: ވާހަކަދެއްކުމާއި، އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓް

މި ޑިޕާޓްމަންޓްގައި ޤާއިމުކޮށްފައިވާ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، 2017 އެޕްރީލް 10 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

ތަރުޖަމާނުންގެ ދަފްތަރާ ގުޅޭ އިޢުލާން

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް