ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ކޮންފަރެންސް ފަށައިފި

session1

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރހައި-ޕަރފޯމަންސް" ކޮންފަރެންސް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ފަށައިގެން މިހާރު ކުރިޔަށްއެބަދެއެވެ.

މި ކޮންފަރެންސަކީ އޯގަނައިޒޭޝަނަލް ނޮލެޖްމެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ ހިއުމަންރިސޯސްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތައް ފާހަގަކޮށް،ހައި-ޕަރފޯމަންސް ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި ޤާއިމުކުރަންޖެހޭމުހިންމު ސިފަތައް އަމިއްލަކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ ބޭނުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމް ކުރި ބައްދަލުވުމެކެވެ.

މި ކޮންފަރެންސް އިންތިޒާމް ކުރެވިފައިވާ ގޮތަށް ބަލާއިރު، ޖުމްލަ 6 މައުޟޫޢެއްގެ މައްޗަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށްފައިވާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މައުޟޫޢުތަކާ ގުޅިގެން ކޯޓުތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންނާއި މުވައްޒަފުންގެ ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

session8

ކޮންފަރެންސްގައި ހުށަހަޅުމަށް ހަމަޖެހިފައިވާ ކަރުދާސްތަކަކީ:

1.     އެމްބްރޭސިންގ ހައި ޕަރފޯމިންގ ބިޒްނަސް މޮޑެލް: މި ކަރުދާހުގައި ބަލައިލާނީ ބައިނަލް އަޤުވާމީ ފްރޭމް ވަރކެއްގެ ތެރެއިން ޖުޑީޝަރީގެ ޕަރފޯމަންސް މިންކުރެވޭނޭ މިންގަޑުތަކުގެ މައްޗަށާއި، ޖުޑީޝަރީއެއްގެ ކާމިޔާބަށް ނުވަތަ ޕަރފޯމަންސަށް އެންމެ ބޮޑަށް އަސަރުކުރާ ކަންކަމުގެ މައްޗަށެވެ. އަދި މީގެ އިތުރުން މިކަންކަން ޙާޞިލުކުރުމަށްޓަކައި ހުންނަންޖެހޭ ވަޞީލަތްތަކާއި ޤާބިލިއްޔަތުގެ މައްޗަށް އަލިއަޅުވައިލެވޭނެއެވެ.

2.     ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބު: މި ކަރުދާހުގައި ބަލައިލެވޭނީ ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބުގެ މައްޗަށެވެ. ޝަރުޢީ ދާއިރާގެ ތަފާސްހިސާބު އެއްކުރުމުގައި 2016 ވަނަ އަހަރު ގެނެވުނު ބަދަލުތަކާއި، 2017 ވަނަ އަހަރަށް ގެނައުމަށް ރާވާފައިވާ ބަދަލުތަކަށް މި ޕްރެޒެންޓޭޝަންގައި ބަލައިލެވޭނެއެވެ.

3.     ކޮމްޕިޓެންސީ ބޭސްޑް ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް ފޮރ ހައި ޕަރފޯމިންގ ޖުޑީޝަރީ: މި ކަރުދާހުގައި ކޮމްޕިޓެންސީ ބޭސްޑް ފްރޭމް ވަރކެއްގައި މުހިންމުކަމާއި، އަދި ޝަރުޢީ ދާއިރާގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމް ހަރުދަނާކުރުމުގެ މައްޗަށް ބަލައިލެވޭނެއެވެ. މިގޮތުން ޕަރފޯމަންސް ބެލުމުގައި މިހާރު ޢަމަލުކުރަމުންދާ ނިޒާމުން ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި އެކަންކަން ޙައްލުކުރާނެ ގޮތްތަކާގުޅޭގޮތުން މަޢުލޫމާތު ޙިއްޞަކުރެވިގެންދާނެއެވެ.

4.     ސްޓްރީމްލައިނިންގ ފޮރ ހައި ޕަރފޯމަންސް އިން އައިޓީ: މި ކަރުދާހުގައި ބަލައިލާނީ އިންފޮމޭޝަން ޓެކްނޮލޖީގެ ދާއިރާއިން ޝަރުޢީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވަރކް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ މައްޗަށެވެ.. އަދި 2017 ވަނަ މިދާއިރާއިން ކުރުމަށް ރާޥާފައިވާ ކަންތައްތަކުގެ މަޢުލޫމާތުވެސް ޙިއްޞާކުރެވިގެންދާނެއެވެ.

5.     ހައި ޕަރފޯމަންސް ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި އިޖުރާއާތުތައް އެއްގޮތްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް: މި ކަރުދާހުގައި ބަލައިލާނީ ޝަރުޢީ ކޯޓުތަކުގައި ޢަމަލުކުރަމުންދާ އިޖުރާއާތުތައް އެއްގޮތްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. މިގޮތުން ހައި ޕަރފޯމިންގ ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބަލައިލެވޭނެއެވެ. އަދި މީގެ އިތުރުން ނަތީޖާ ޙާޞިލުކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭނެއެވެ.

6.     ކޭސް މެނޭޖްމަންޓް ސިސްޓަމް އެންޑް އީ-ފައިލިންގ: މި ކަރުދާހުގައި ބަލައިލާނީ ޝަރުޢީ ދާއިރާގެ ރަސްމީ ސޮފްޓްވެއަރ ގެ ތެރެއިން ކޭސް މެނޭޖްކުރުމާއި، އީ-ފައިލިންގ ގެ އިންތިޒާމްތައް ހަމަޖެހިގެންދާނެގޮތުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި  ބަޖެޓް އަދި އެޗް.އާރ މުވައްޒަފުންން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު ކޮންފަރެންސް މިއަދުގެ މެންދުރުފަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

session9

session7

session6

session5

session4

session3

session2

 

ފަހުގެ ޚަބަރުތައް