ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް ކޮންފަރެންސް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި

JDC2

"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރހައި-ޕަރފޯމަންސް" ކޮންފަރެންސް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބަދުﷲ ސަޢީދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

 

މި ކޮންފަރެންސަކީ އޯގަނައިޒޭޝަނަލް ނޮލެޖްމެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ ހިއުމަންރިސޯސްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތައް ފާހަގަކޮށް،ހައި-ޕަރފޯމަންސް ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި ޤާއިމުކުރަންޖެހޭމުހިންމު ސިފަތައް އަމިއްލަކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ ބޭނުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމް ކުރި ބައްދަލުވުމެކެވެ. މި ކޮންފަރެންސް އިފްތިތާޙްކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބަދުﷲ ސަޢީދު ގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޕްރިސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް. އަލްފާޟިލް ޙަސަން ލުޠުފީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފް އާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި ކޯޓުތަކުގެ ބަޖެޓް އަދި އެޗް.އާރ ގެ އިސްމުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޮންފަރެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބަދުﷲ ސަޢީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނިޒާމް ގެ ޒަރިއްޔާއިން ކޯޓުތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ މި ޒަމާނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިޒާމްތަކުގައި ވަރަށް ޚާއްޞަ އަހައްމިޔަތެއް ދޭ ކަމެއް ކަން ފާހަގަކުރެއްވިއެވެ.

" މި ނިޒާމުގެ މަޤުޞަދަކީ ޝަރުޢީ ދާއިރާގެ ކޯތުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ  އަވަސްކަމާއެކު މަތީ ފެންވަރުގައި ފަސޭހަކަމާއެކު ކުޑަ ޚަރަދެއްގައި ޢަދުލު އިންޞާފު ލިބިދިނުމުގެ ޤާބިލިއްޔަތު ކޯޓުތަކުގައި އިތުރު ކުރުމާއި، ޝަރުޢީ ދާއިރާއިން ޙާޞިލުކުރަން ބޭނުންވާ ޢަދުލުއިންޞާފުގެ ލަނޑުދަނޑުތަކާ ގުޅޭގޮތުން، ފަނޑިޔާރުންގެ އިތުރުން ޝަރުޢީ ދާއިރާގެ އިދާރީ އަދި ފަންނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން." އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި އަމިއްލަ ފަރުދީ ޤާބިލުކަން އަށަގެންނެވުމުގެ އިތުރަށް، ޖަމްޢީ ރޫޙުގައި އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙާއި ޤާބިލިއްޔަތު އަށަގެންނެވުން ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ޝަރުޢީ ނިޒާމް ކުރިއެރުވައި ތަރައްޤީކުރުމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ޝަރުޢީ ދާއިރާގެ އިދާރީ  އަދި ފަންނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ޝަރުޢީ ދާއިރާގެ މަސައްކަތުގ ނިޒާމެއްގެ ފެންވަރު މަތިކުރުމުގެ ނިޒާމެއް ހަރުދަނާކަމާއެކު ޤާއިމުކުރުން ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

 

އޭގެ އިތުރުން، ހައިޕަރފޯމަންސަކީ، އެކަށީގެންވާ އަވަސްމިނެއްގައި އަދި ކަނޑައެޅިފއިވާ ވަގުތާއި ޖަދުވަލުގެ ތެރޭގައި، މަތީ ފެންވަރުގައި ޢަދުލުއިންޞާފު ޤާއިމުކުރުން ކަށަވަރުކުރުންކޮށް ހަރުދަނާކުރުމަށް، ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މިންގަނޑުކަން ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭންގައި ހިމެނޭ އެހެނިހެން މިންގަނޑުތައް އިތުރަށް ހަރުދަނާވެ ތަރައްޤީ ވުމަށް މަގުފަހިވެގެން ދާނެކަން ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު މިންގަނޑުތައް:

1.     ޢަދުލު އިންޞާފަށް ފަސޭހަކަމާއެކު ވާޞިލުވުން އިތުރުކުރުމަށް ހުރި މިންގަނޑުތައް

2.     ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާއި ނަޒާހަތްތެރިކަމާއި ނަޒާހްތްތެރިކަން، އަދި އެކައުންޓެބިލިޓީ އާއި ޓްރާންސްޕޭރަންސީ އިތުރަށް ހަރުދަނާކުރުމުގެ މިންގަނޑުތައް.

3.     ޖިނާއީ ޢާދުލު، މަދަނީ ޢަދުލު، ޢާއިލީ ޢަދުލު، އަދި ކުޑަކުދިންގެ ޢަދުލު ފަދަ ޢަދުލުއިންޞާފުގެ ނިޒާމްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ވިލަރެސް ކުރުމާއި ތަޢާވުން އިތުރުކުރުމުގެ މިންގަނޑުތައް.

 

މި ކޮންފަރެންސް އިފްތުތާޙްކުރުމުގެ ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ މަސައްކަތްތައް އިންތިޒާމްކުރެވިފައިވާ މައިގަނޑު އަސާސްތަކާއި، ބަޖެޓުން ކުރެވޭ ޚަރަދާއެކު، ނަތީޖާ ޙާޞިލުކޮށް ދައްކައިދެމުންދާ މިންވަރާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެދްމިނިސްޓްރޭޝަނުން ހުށަހަޅައިދިނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސްފަނޑިޔާރުންނާއި  ބަޖެޓް އަދި އެޗް.އާރ މުވައްޒަފުންން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސް މިއަދުގެ މެންދުރުފަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

 

JDC3

JDC1


JDC3

 

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno