"ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ކޮންފަރެންސް ބާއްވަނީ

StrengtheningJud-adm2017

އޯގަނައިޒޭޝަނަލް ނޮލެޖް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ ހިއުމަން ރިސޯސްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ގޮތްތައް ފާހަގަކޮށް، ހައި-ޕަރފޯމަންސް ޖުޑީޝަރީއެއް ބިނާކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ މުހިންމު ސިފަތައް އަމިއްލަކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ ބޭނުމުގައި، "ސްޓްރެންތެނިންގ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ސްޓްރީމްލައިނިންގ ފޮރ ހައި-ޕަރފޯމަންސް" ގެ  ނަމުގައި ކޮންފަރެންސް އެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

2017 ފެބްރުވަރީ 05 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ، މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ އާއި، ސުޕީރިއަރ ކޯޓުތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ބަޖެޓް އަދި އެޗް.އާރު ގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ ޝަރުޢީދާއިން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކާއި، ކުރިއަށް ޕްލޭންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ހުށަހަޅާ ކަރުދާސްތަކެއްގެ މައްޗަށް ކޮންފަރެންސްގެ ބައިވެރިންގެ ޚިޔާލާއި މަޝްވަރާ ބަދަލުކުރުން ހިމެނޭ ސެޝަންތަކެއްގެ ގޮތުގައެވެ.