ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުހުޅުވުމުގެ ސަބަބުން ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ހައްޔަރުކުރި ފުލުސްމީހާއާއި ސިފައިންގެ މީހާ މިނިވަންވެއްޖެކަމަށް ބުނާ ޚަބަރާގުޅޭ

ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުހުޅުވުމުގެ ސަބަބުން ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ހައްޔަރުކުރި ފުލުސްމީހާއާއި ސިފައިންގެ މީހާ މިނިވަންވެއްޖެކަމަށް ބުނެ ބައެއް މީޑިއާތަކުން ޢާންމުކޮށްފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-B/CIR/2016/11 (22 ސެޕްޓެންބަރު 2016) ސަރކިއުލަރ އާގުޅިގެން، ރަސްމީ ގަޑި ނިމުމުން އިތުރުގަޑީގައި މަސައްކަތްކުރަން ނުޖެހޭގޮތަށް މަސައްކަތްތައް ރާވައި ދައުލަތުގެ އޮފީސްތައްވެސް ބަންދުކުރާގޮތަށް ހަމަޖައްސަވާފައިވާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެގޮތުން ޝަރުޢީދާއިރާގެ ހުރިހާ ކޯޓުތަކާއި، އިދާރާތައްވެސް، ކަނޑައެޅިފައިވާ ރަސްމީގަޑީގައި ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރާވައި އިންތިޒާމްކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ކަންމިހެން އޮތްނަމަވެސް، ބަންދާއި މެދު ގޮތެއް ނިންމުމާއި، މުއްދަތުޖެހުމާއި، ބަލާފާސްކުރުމާއި، އަދި ހިފާ ހައްޔަރުކުރުމަށް ދޫކުރަންޖެހޭ އަމުރުތައް ދޫކުރުމުގެ އިންތިޒާމުތައް ވަކި ތާވަލެއްގެ ދަށުން ވަނީ ހަމަޖެއްސިފައެވެ. މިގޮތުން މިހިނގާ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ ތާވަލު ވަނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން އާ ޙިއްޞާވެސްކުރެވިފައެވެ.

އެގޮތުން، ބަންދު ދުވަސްތަކުގައި ކޯޓު ހުޅުވުމަށް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތާއި، މުއްދަތު މައްސަލަތައް ކުރިއަށް ގެންދަވާނެ ފަނޑިޔާރަކީ ކޮބައިކަމާއި، މި މަސައްކަތަށް ކަނޑައެޅިފައިވާ އިދާރީ މުވައްޒަފުންނަކީ ކޮބައިކަމާއި އަދި  މުވައްޒަފުންނާ ގުޅޭނެ ފޯނު ނަންބަރުތަކުގެ އިތުރުން މުއްދަތު މަސައްކަތުގައި ޙަރަކާތްތެރިވާނެ ސަޕޯޓް ސްޓާފުންގެ މަޢުލޫމާތުވެސް ވާނީ ޕޮލިހުންނާ ޙިއްޞާކުރެވިފައެވެ. އަދި މި ތާވަލުގައި، ރަސްމީ ދުވަސްތަކާއި ބަންދުދުވަސް ދުވަހު ބަންދާއިމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް އޮންނާނެ ގަޑިތައްވެސް ހިމެނޭނެއެވެ.

އަދި މީގެއިތުރުން، ބަލާ ފާސްކުރުމާއި، ހިފާ ހައްޔަރުކުރުމުގެ އަމުރުތައް ދޫކުރުމުގެ ކަންކަން ޤަވާޢިދުގައި ކަނޑައެޅިފައިވާ ކޮންމެ ގަޑިއެއްގައިވެސް ކުރެވޭގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާކަން ޕޮލިހުންނާ ޙިއްޞާކުރެވިފައި ވާނެއެވެ.

އަދި މިފަދަ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ތަފާތުއެކި ފަހަރުމަތިން ގުޅައިގެން އެކިފަރާތްތަކުގެ މުއްދަތު އިތުރުކުރުމުގެ ކަންކަން މީގެކުރިން ކުރިއަށް ގެންގޮސްފައިވެސް ވެއެވެ.

އެހެންމަވެސް، ލ. ފޮނަދޫ ކޯޓު ނުހުޅުވައިގެން މުއްދަތު ޖެހުމަށްޓަކައި ކޯޓު ހުޅުވުމަށް ފުލުހުންގެ ފަރާތުން ކަމާގުޅޭ އެއްވެސް މުވައްޒަފަކަށް ގުޅާފައިނުވާކަން ފާހަގަކުރަމެވެ. އަދި އެފަދަ އެއްވެސް މަޢުލޫމާތެއް ކަމާގުޅުންހުރި އެއްވެސް މުވައްޒަކަށް ގުޅައިގެން ފުލުހުން ހޯދާފައިވެސް ނުވެއެވެ. އަދި މުއްދަތު ޖެހުމަށްޓަކައި އެ އިންތިޒާމު ހަމަޖެއްސުމަށް އެއްވެސް އިޝާރާތެއް ފުލުހުންގެ ފަރާތުން ވެފައިނެތްކަންވެސް ފާހަގަކުރަމެވެ.

މިކަންކަން މިގޮތަށް ހަމަޖެހިފައިވަނިކޮށް، ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުހުޅުވުމުން ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ހައްޔަރުކުރި، ފުލުސްމީހާ އާއި ސިފައިންގެ މީހާ މިނިވަންވެއްޖެކަމަށް ބުނެ ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އަދި ޝަރުޢީ ދާއިރާގެ އަގު ވެއްޓޭފަދަ ގޮތަކަށް ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކުރުމެއް ނެތި ދައްކަމުންދާ ދޮގު ޚަބަރުތަކަކަށްވާތީ ޝަރުޢީ ދާއިރާގެ ފަރާތުން އެކަން ކުށްވެރިކުރަމެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno