އެއް ޕްލެޓްފޯމަކުން ކޭސް ރިޕޯޓްތައް ހޯއްދެވުމަށް "ލޯ ރިޕޯޓް ޑޭޓާބޭސް"

Lawreports-CJn

ލޯ ރިޕޯޓް ޑޭޓާބޭހަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތައް އަދި ޤަރާރުތަކާއި އުޞޫލުތަކާއި ޝަރުޢީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެކެވެ. މި ޑޭޓާބޭހުގައި ޤާނޫނާ ޤަވާއިދުތަކާ ޙަލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ފެންނަން ހުންނާނެއެވެ.

މި ޑޭޓާބޭހުގައި ޤާނޫނުތައް އެއްތަންކޮށްފައިވަނީ ގިންތިކޮށެވެ. ކޮންމެ ގިންތިއެއްގައިވެސް އެ ގިންތިއެއްގައި ހިމެނޭ ޤާނޫނުތައް ލިސްޓްކޮށްފައިވެއެވެ. ކޮންމެ ޤާނޫނެއްވެސް ފެނިގެންދާއިރު، އެ ޤާނޫނަށް އިޞްލާޙެއް އައިސްފައިވާނަމަ، އެ އިޞްލާޙެއް އައިސްފައިވާކަން، ވާތްފަރާތުގެ މަތީގައިވާ "އިތުރު މައުލޫމާތު" ލިންކްއިން ހައިލައިޓްވެފައި ހުރެއެވެ.

މި ޑޭޓާބޭހުގެ ލޯ ރިޕޯޓިންގ ސްކްރީންތައް ބަހާލަފައިވަނީ ފަސް ބަޔަކަށެވެ. އެއީ ޤާނޫނު، ޤަވާއިދު، އުސޫލު، ޤަރާރު އަދި ޝަރުޢީ ޙުކުމެވެ. ކޮންމެ ސްކްރީނެއްވެސް ފަރުމާ ކުރެވިފައިވަނީ އެ ސްކްރީނެއްގައި ހިމެނޭ ގިންތިއެއްގައި އެކުލެވޭ ބައިތައް ފިލްޓަރ ކުރެއްވޭ ގޮތަށް، އަދި އިތުރު ސްކްރީނަކަށް ނުގޮސް ޕީޑީއެފް ބައްލަވާ ލެއްވޭ ގޮތަށެވެ. ބޭނުންފުޅު ނަމަ ޕީޑީއެފް ޑައުންލޯޑުވެސް ކުރެވެއެވެ. އަދި އިސްލާޙުތަކާއި އެއަށް ޙަވާލާދީ ކޮށްފައިވާ ޝަރުޢީ ޙުކުމްތައްވެސް އިތުރު ސްކްރީނަކަށް ނުގޮސް ބަލާލެވެއެވެ. މި ޑޭޓާބޭސް ޑިވެލޮޕްކޮށް ބަލަހައްޓަމުންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ލޯ ރިޕޯޓް ޑޭޓާބޭސް އަށް ޒިޔާރަތްކޮށްލެއްވުމަށް