އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމި ނިންމުމާގުޅޭ

2016 އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވަނީ، ކޯޓުތަކުގެ ތަޞައްވުރު ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުން ދިއުމުގެ އިތުރުން، ފުލުހުންގެ އިދާރާއިން ތަޙުޤީޤުކުރަމުންދާ އަލްއުސްތާޛު ޢަލީ ޙުސައިން އާ ގުޅުންހުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އަލްއުސްތާޛު ޢަލީ ޙުސައިން ކުރައްވާފައިވާކަމަށް ބެލެވޭތީ، އެމައްސަލަ ބަލައި ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމެންދެނެވެ.