09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް ނިމި ދިޔަ ހަފުތާވެސް، މައްސަލަތައް ނިންމުމުގައި ކާމިޔާބު

statnews22-10-2016

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިއްބެވި 07 ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ 38 ޤާޟީންނާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ ޖުމްލަ 129 މެޖިސްޓްރޭޓުންނާއެކު، 09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައި ތިއްބެވި ފަނޑިޔާރުންގެ ޢަދަދަކީ 174 އެވެ.

އެ ހަފުތާގެ ކޯޓުތަކުގެ ކްލިއަރެންސް ރޭޓަށް ބަލާއިރު، އޭގެ ކުރީ ހަފުތާއަށްވުރެ މި ހަފުތާގައި ޙާޞިލްކުރެވުނު ނަތީޖާ ކާމިޔާބުކަން ވަނީ ފާހަގަކުރެވިފައެވެ.

02 އޮކްޓޫބަރު 2016 އިން 08 އޮކްޓޫބަރު 2016 އަށް ކޯޓުތަކުގެ ކްލިއަރެންސް ރޭޓަކީ %79.1 އެވެ. އެހެންނަމަވެސް، 09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް މި ރޭޓު ހުރީ %101.5 ގައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު، %22.4 ގެ ކުރި އެރުމެކެވެ.

މި ހަފުތާގެ ތެރޭގައި ހައިކޯޓު އަދި ސުޕީރިއަރ ކޯޓުތަކުން 189 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 277 މައްސަލަ ނިންމާފައިވެއެވެ. މި ނަތީޖާއަށް ބަލާއިރު، އެ ހަފުތާގައި މެޖިސްޓްރޭޓަކު އެވްރެޖްކޮށް 2.1 މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މި ހަފުތާގެ ތެރޭގައި ކޯޓުތަކުން ޖުމްލަ 466 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުގައި މި ހަފުތާގެ ތެރޭގައި 621 އަޑުއެހުން ބޭއްވިފައިވެއެވެ.

09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް ޗުއްޓީގައި ތިއްބެވީ 15 މެޖިސްޓްރޭޓުންނެވެ. އަދި އެ ހަފްތާގައި ޙާޟިރުނުވާ 02 މެޖިސްޓްރޭޓަކު ތިއްބެވިއިރު، 20 މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީގައި ތިއްބެވިކަން ފާހަގަކުރެވެއެވެ. ސަލާމުގައި ތިއްބެވި މެޖިސްޓްރޭޓުންގެ ތެރެއިން 11 މެޖިސްޓްރޭޓަކު އެއް ދުވަހު ސަލާމުގައި ހުންނެވިއިރު، 6 މެޖިސްޓްރޭޓަކު 02 ދުވަހު ސަލާމުގައި ތިއްބެވިކަން ވަނީ ފާހަގަކުރެވިއެވެ.