ވަރކްޝޮޕް އޮން ކޮންވަރޖެންސް އޮފް ކްރައިމް ސްޓެޓިސްޓިކްސް 2017

WhatsApp Image 2017 11 26 at 11.05.30

ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އިދާރާތަކުން އެއްކުރާ ތަފާސްހިސާބު އެއްގޮތްކުރުމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއެކު ޝަރުޢީ ދާއިރާއިން މިއަދު ވަރކްޝޮޕެއް ބާއްވައިފިއެވެ. "ވަރކްޝޮޕް އޮން ކޮންވަރޖެންސް އޮފް ކްރައިމް ސްޓެޓިސްޓިކްސް 2017" ގެ ނަމުގައި ބޭއްވުނު މި ވަރކްޝޮޕް ކުރިއަށް ދިޔައީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިންގ ހޯލުގައެވެ.

WhatsApp Image 2017 11 26 at 11.05.29

ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާޢަތުގެ ޤާނޫނު) އާއެކު، ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތަފާސްހިސާބު ބެލެހެއްޓުމުގައި ޝަރުޢީ ދާއިރާއިން ޢަމަލުކުރަމުންގެންދިޔަ ގޮތްތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އިތުރަށް ވިދާޅުވުމަށް...

ވަޒީފާގެ ފުރުޞަތު

މި ޑިޕާޓްމަންޓްގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައި ލެވިފައެވެ. މި މަޤާމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ، 2017 ޑިސެންބަރު 03 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

އިޢުލާނު ވިދާޅުވުމަށް

ޝަރުޢީ ދާއިރާއަށް 39 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު މުސްކުޅިކުރައްވައިފި

Khalid 01

މެދުކެނޑުމެއް ނެތި 39 އަހަރަށް ވުރެ ގިނަދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ހއ. ދިއްދޫ، ރޯޒްމީޑް އަލްއުސްތާޛު ޚާލިދު ޤާސިމް (ކ. ތުލުސްދޫ، ރޯޒީ) ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޔާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ހަދިޔާކުރުން

ROHINGYA-2017

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް، އެ ޤައުމުގައި ހިންގަމުންދާ ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލުތަކާއި ހަމަނުޖެހުންތަކުގައި އަނިޔާލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިވުމުގެގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކާއި، އަމިއްލަ އެކި ފަރާތްތަކުން ކުރިއަށްގެންދާ ޙަރަކާތްތަކުގައި ޝަރުޢީ ދައިރާއިންވެސް ބައިވެރިވެ،ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ ކޯޓުތަކުގެ ނިންމުންތައް ބައިނަލްއަޤުވާމީ ފެންވަރެއްގައި ޕަބްލިޝްކުރުން

LexisNexis

ޝަރުޢީ ދާއިރާއާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޝަރުޢީ ދާއިރާގެ މަޢުލޫމާތު ޢާންމުންނާ ޙިއްޞާކުރުމުގެގޮތުން ޝަރުޢީ ދާއިރާއިން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޓީވީ އަދި އަދި ރޭޑިއޯގެ ޛަރީޢާއިން ޝަރުޢީ ދާއިރާއާގުޅޭ މަޢުލޫމާތު ޢާންމުނާ ހަމައަށް ގެނެސް ދިނުމާއި، ޝަރުޢީ ދާއިރާގެ ވެބްސައިޓާއި، ޝަރުޢީ ކޯޓުތަކުގެ ވެބްސައިޓްތަކުގެ ޛަރީޢާއިން އެ މަޢުލޫމާގު ޙިއްޞާކުރުމުގެ އިތުރުން، ސޯޝަލް މީޑިއާގެ ވަޞީލާތްތައް މެދުވެރިކޮށް މަޢުލޫމާތު ޙިއްޞާކުރުމުގެ މަސައްކަތް ކުރެވެމުން ދެއެވެ. އަދި މީގެއިތުރުން، ޝަރުޢީ ކޯޓުތަކުގެ ނިންމުންތައް ފަސޭހަކަމާއެކު ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެޕްލިކޭޝަންތައް މެދުވެރިކޮށް މަޢުލޫމާތު ޙިއްޞާކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ސަސްޕެންޑްކުރެވުނު ބައެއް ޤާނޫނީ ވަކީލުންގެ ހުއްދަ އަލުން ދޫކުރުން

މި ޑިޕާޓްމަންޓްގެ ނަންބަރު 198-L/2017/69 (10 ސެޕްޓެންބަރު2017 ) އިޢުލާނުން، 2017 ސެޕްޓެންބަރު  10ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު ޤާނޫނީ ވަކީލުންގެ ތެރެއިން ބައެއް ވަކީލުންގެ މައްސަލަ ބެލުމަށްފަހު، 2017 ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ އަލުން ވަނީ ދޫކުރެވިފައެވެ.

އިޢުލާނު ވިދާޅުވުމަށް

ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުމާ ބެހޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، އަދި ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ،ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަނީ މަނާކުރެވިފައެވެ.

އިޢުލާނު ވިދާޅުވުމަށް

1438 ވަނަ އަހަރުގެ އަޟްޙާޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވުން

Eid1438

1438 ވަނަ އަހަރުގެ އަޟްޙާޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ފޮނުއްވައިފިއެވެ.

2017 ޖޫންމަހު ކޭސް ކްލިއަރެންސް ރޭޓް 99 އިންސައްތައިގައި

statjune2017-web

2017 ވަނަ އަހަރުގެ ޖޫން މަހުގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިއަހަރުގެ މެއި މަހާ އަޅައިބަލާއިރު %41 އިން ސައްތަ ވަނީ ދަށްވެފައެވެ. ފާއިތުވި ޖޫން  މަހު ދަށުކޯޓުތަކަށް ހުށަހެޅިފައިވަނީ ޖުމްލަ 921 މައްސަލައެވެ.

އިތުރަށް ވިދާޅުވުމަށް...

ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފޮނުއްވައިފި

Eid-al-fitr1438

1438 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑިއާގުޅޭ

1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، 1438 ވަނަ އަހަރުގެ ރަމަޟާންމަހާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ޝަރުޢީ ދާއިރާގެވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަނޑިއާގުޅޭ ޢާއްމުސިޓީ ވިދާޅުވުމަށް

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno