އޮންލައިން ކޮންސަލްޓޭޓިވް މީޓިން އޮން ޓެއިލަރިންގ ދަ ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލް ކިޓް ފޮރ ޖަސްޓިސް އޮފް މޯލްޑިވްސްގެ ނަމުގައި އޮންލައިންކޮށް އޯޑިއޯ ވިޝުއަލް ބައްދަލުވުމެއް ބާއްވައިފި

index.jpg

 

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (UNODC) ގެ ފަރާތުން އިންތިޒާމްކޮށްގެން އަދި  އީޔޫގެ ފަރާތުން ފަންޑުކޮށްގެން އޮންލައިން ކޮންސަލްޓޭޓިވް މީޓިން އޮން ޓެއިލަރިންގ ދަ ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލް ކިޓް ފޮރ ޖަސްޓިސް އޮފް މޯލްޑިވްސްގެ ނަމުގައި އޮންލައިންކޮށް އޯޑިއޯ ވިޝުއަލް ބައްދަލުވުމެއް 2020 ޖޫން 03 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ޔޫއެން ސައުތް އޭޝިއާ ރީޖަނަލް ޓޫލްކިޓް ދިވެހިރާއްޖެއަށް ފެތޭނެހެން އެކަށައެޅުމުގައި ޔޫއެންއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި އަދި  ގައުމީ ފެންވަރެއްގައި ޓެރަރިޒަމްއާއި ގުޅޭ މައްސަލަތަކުގައި ގޮތްނިންމުމުގައި ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. 

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯޕަނިންގ ރިމާކްސްއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ދެއްވެވިއެވެ. އަދި ބައްދަލުވުމުގެ ބައިވެރިންގެ ގޮތުގެ ދިވެހިރާއްޖޭގެ ހައިކޯޓާއި،ކްރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (NCTC) ގެ ބޭފުޅުން ހިމެނޭހެން 40 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގެ ފެސިލިޓޭޓަރުކަން ކޮށްދެއްވީ ޔޫ.އެން.އޯ.ޑީ.ސީގެ ޓެރަރިޒަމް ޕްރިވެންޝަން ބްރާންޗް ގެ އެރިއާނާ ލެޕޮރޭ އަދި ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑިރެކްޓަރޭޓް (ސީޓެޑް) ގެ އެޑްރިއާ ޑި ލާންޑްރީއެވެ.

ކުށާއި ދަރަނީގެ ރެކޯޑު ސާފްކުރުމައިގުޅޭ

KR.png

ކޮވިޑް-19 އާއި ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފޯރުކޮށްދެމުން އައްނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު This email address is being protected from spambots. You need JavaScript enabled to view it. އަށް މެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

މެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރެއްވުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 7766768 މިނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އޯޑިއޯ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޝަރުޢީ ކޯޓުތަކާއި ގުޅޭނެ އިންތިޒާމް ހަމަޖެހިއްޖެ

photo6314351968600041831.jpg

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފާއިތުވެދިޔަ އަހަރުގައި ކޯޓުތައް އޮޓޮމޭޓުކޮށް ރާއްޖޭގެ ހުރިހައި ކޯޓުތަކެއް އެއްވިއުގައަކުން ގުޅާލުމަށް ކުރި މަސައްކަތުގެ ތެރެއިން އޯޑިއޯ ވީޑިއޯ ކޮންފަރެންސިން ފެސިލިޓީ މިހާރު ވަނީ 101 މެޖިސްޓްރޭޓް ކޯޓުގައި ގާއިމުކުރެވިފައެވެ. އަދި ކޭސް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް މިހާރު ކޯޓުތަކުގެ ޝަރީއަތްތައް ދަނީ ހިންގަމުންނެވެ. މިދެންނެވި އޯޑިއޯ ވީޑިއޯ ކޮންފަރެސިން ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އެކި ކޯޓުތަކުގައި ޝަރީއަތްތަކުގެ ބަޔާންތައް ނެގި އަދި ސިއްރު ހެކިބަސް ވެސް ދަނީ ނެގެމުންނެވެ.

މި ކޯޓު އޮޓޮމޭޝަން ނިޒާމުގެ ސަބަބުން ރާއްޖޭގެ ޢަދުލުއިންސާފު ގާއިމުކުރުން އަވަސްވެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވި، ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް 101 މެޖިސްޓްރޭޓް ކޯޓާއި މާލޭގެ ގިނަ ކޯޓުތަކުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހާޟިރުނުވެ އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 19  މާރިޗު 2020 ގައި ފުރަތަމަ ފަހަރަށް އަޑުއެހުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަށް ޝަރުޢީދާއިރާގެ ފަރާތުންނާއި އެހެން މުއައްސަސާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކޮށްލަމެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނޫގެ ތޭރަވަނަ ބާބުގެ 113 ވަނަ މާއްދާގެ (ހ) ގައި ޝަރީޢަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެމަޖިލީހުގައި ބައިވެރިވުމަށް ޤާނޫނު ތަންދެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މިހާރު އޯޑިއޯ ވީޑިއޯ ކޮންފަރެންސް ގާއިމު ނުކުރެވި ހުރި ކޯޓުތަކުގައި މި ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުންނެވެ. އަދި މިމަސައްކަތްތައް މާލަސްތަކެއް ނުވެ ނިމިގެންދާނެއެވެ.

ފަނޑިޔާރުންގެ މަހާސިންތާ 2020 މިއަދު ނިމިއްޖެ

13.png

ފަނޑިޔާރުންގެ މަހާސިންތާ 2020 މިއަދު ނިމިއްޖެއެވެ. 2020 ފެބުރުވަރީ 19 އިން 20 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މަހާސިންތާގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ފުރަތަމަ ދުވަހުގެ ސެޝަންގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ހެކިބަސް ނެގުމުގައި ކްރިމިނަލް ކޯޓަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ޕްރެޒެންޓޭޝަނެއް ހުށަހަޅާދެއްވިއެވެ. އަދި ޖިނާއީ ޢަދުލުގެ ނިޒާމަކީ އަވަހަށް އިންސާފު ޤާއިމުކޮށްދޭ، ޚަރަދު ކުޑަ ނިޒާމަކަށް ހެދުމަށް މެދުކެނޑުމެއް ނެތި ޝަރީޢަތް ހިންގުމުގެ މުހިންމުކަމާއިގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަދި ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބަލާލާ އާރކް އަދި ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުންވެސް ޕޭޕަރެއް ހުށަހަޅާ ދެއްވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަނޑިޔާރުގޭގެ މަސައްކަތުގެ ފެށުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފްލާ ރޭ ދަރުބާރުގޭގައި ބާއްވައިފި

ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ފަނޑިޔާރުގޭގެ މަސައްކަތުގެ ފެށުން ރަސްމީ ގޮތެއްގައި ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފްލާއެކެވެ. ރޭގެ ހަފްލާގައި ޤަޟާއީ އަހަރު އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުންކަން ފާހަގަކުރެއްވިއެވެ. އަމިއްލަ ފަރުދެއްވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހެއް ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަން ގާނޫނު އަސާސީގައި ސާފުބަހުން ލިޔެފައި އޮންނަނީ އެސަބަބަށްޓަކައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަނޑިޔާރުންނަށް ދުސްތޫރީ އިނާޔަތްތައް ލިބިދީފައި އޮންނަނީ އެފަނޑިޔާރުންގެ ފަރާތުންވެސް ވަރަށް މަތިވެރި މަގުސަދުތަކެއް ހާސިލުކުރަން ބޭނުންވާތީ، ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް އަދުލު އިންސާފު ގާއިމު ކޮށްދިނުމަށްޓަކައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މުޅި ޝަރުޢީ ނިޒާމަށް ބަލާއިރު ކޯޓުތަކުން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަކަށް އިދާރީ ހިންގުން ބަދަލުވަމުން އައުން އެއީ ރައްޔިތުންނަށްލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށާއި ހުރިހައި ކޯޓުތަކެއް އެއްވިޔުގައަކުން ގުޅާލެވި ކޯޓުތަކުގެ މެދުގައި މުޢާމަލާތް ކުރެވޭނެ ފަސޭހަ އިންތިޒާމެއް މިހާރު ހަމަޖެހިފައި އޮތުމަކީ ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރޭގެ ހަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން 2020 ވަނަ އަހަރުގެ ސްޓޭޓް އޮފް ދަ ޖުޑީޝަރީ އެޑްރެސް ވެސް އިއްވަވާ ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި ޤާނޫނުގެ ހުކޫމަތް ކަށަވަރުކޮށްދީ ނެގެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއްނޫންކަމާއި އެ ޒިންމާއަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ހިދުމަތްތަކާއި ކައުންސިލްތަކާއި ދިވެހިރާއްޖޭގެ ބާގެ މެންބަރުންނާއި ރައްޔިތުންގެވެސް ޒިންމާއެއްކަންވެސް ފާހަގަކުރެއްވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ބިމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވައިފި

2.jpeg

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެއިން ބިމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވައި އެ ބިން ހާވާލުކުރި ކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނެގޭނެ އިންތިޒާމް ހަމަޖެހިއްޖެ

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ޙިދުމަތް ހޯދޯފަރާތް ތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އެކިކަންކަމުގައި ހިދުމަތް ހޯދުމަށް އަންނަ ޢާއްމު ފަރާތްތަކަށް ލުއިފަސޭހަގޮތް ހޯދައިދިނުމަށާއި ޢާއްމުންނަށް ފޯރުކޮށްދޭ ޙިދުމަތް އަވަސްކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ކިއު ނަންބަރު ސީދާ ޑިޕާޓްމަންޓަށް އައިސް ނެގުމުގެ އިތުރުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.  

އިތުރަށް ވިދާޅުވުމަށް...

ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު ފައްޓަވައި ދެއްވައިފި

 

hgh.jpg

 

ޖުޑީޝަލް އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން މިއަދު ފައްޓަވައި ދެއްވައިފިއެވެ. ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) އާއި ޤާނޫނު ނަންބަރު 2014/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) އަދި ޖިނާއީ ޢަދުލުގެ ނިޒާމާ ބެހޭ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ޖުޑީޝަލް އެކެޑަމީން ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމްގެތެރެއިން 2019 ވަނަ އަހަރު ނިމުނުއިރު އެކި ސަބަބުތަކާއި ހުރެ ތަމްރީނު ނުކުރެވިތިބި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީން ޕްރޮގްރާމް ފައްޓަވައި ދެއްވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން ދެއްކެވި ވާހަކަފުޅުގައި މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައިވެއެވެ. އެގޮތުން ޢަދުލު އިންސާފު ގާއިމުކުރުމުގެ މައިގަނޑު ތަނބަކީ ޤާނޫނުތަކަށް ފުރިހަމައަށް އަޙުލުވެރިވެލައްވައިގެން ތިއްބެވުމާއިއެކު ޤާނޫނާ އެއްގޮތަށް ހުކުމް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ހުކުމް ކުރުމުގެ ބިންގާ ރަނގަޅަށް ނޭޅިއްޖެނަމަ ރައްޔިތުންނަށް ލިބެންޖެހޭ އިންސާފެއް ނުލިބޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގެ ޝަކުވާ އަބަދުވެސް އަންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަންސާސް ހަތަރު ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށްޓަކައި އިޢުލާން ކޮށްފި

ޤާނޫނު ނަންބަރު: 2008/10 (ޖޫޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫ) އަށް ގެނެވުނު 2 ވަނަ އިސްލާޙަށް އިތުރު ކުރެވުނު 1-21 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިޔަތެއްކަން ވަނީ ކަނޑައަޅާފައެވެ. ޤާނޫނަށް ގެނެވުނު މިދެންނެވި އިސްލާހާއި ގުޅިގެން 2019 އޮކްޓޫބަރ 20 ވަނަ ދުވަހު މި ޑިޕާޓްމަންޓުން ޢާއްމު ކުރެވުނު ޢާއްމު ސިޓީ ނަންބަރު: 11/2019 "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު" ގެ 2 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ މަތިން މިއަދު ވަނީ ފަންސާސް ހަތަރު ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށްޓަކައި އިޢުލާން ކުރެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވައިފި

 

2.jpeg

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ހއ. އަތޮޅުގެ ހުރިހައި ރަށެއްގެ ކޯޓުތަކަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާޙްކުރުން އޮތީ މިއަދު ހެނދުނު ހއ. ހޯރަފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

އިތުރަށް ވިދާޅުވުމަށް...

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފި.

1 (2).jpeg

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މިއަދު ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން އެއަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބިންހަވާލުކުރި ކަމުގެ ލިޔުމާއި ހަވާލުވެލެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޢަބްދުލްވާޙިދު އިބްރާހީމް އެވެ. ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު ޙަސަންއެވެ

ހއ. ވަށަފަރު މެޖިސްޓްރޭޓް ކޯޓު މިހާރު ހިނގަމުންދަނީ ކައުންސިލާއި އެއް އިމާރާތެއްގައެވެ. ކޯޓު ހިންގުމަށް ލިބިފައިވަނީ ދެ ކޮޓަރިއެވެ

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno