ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކުގެ ތެރެއިން 3 ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

agreement.JPG

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ފާތިމަތު އިމްތިސާލް ސަޢުދުﷲއެވެ.

4،767،379.17 ރ. (ހަތަރު މިލިއަން ހަތްލައްކަ ފަސްދޮޅަށް ހަތްހާސް ތިންސަތޭކަ ހަތްދިހަނުވަ ރުފިޔާ ސަތާރަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،921،880.00 ރ. (ހަތަރު މިލިއަން ނުވަލައްކަ އެކާވީސްހާސް އައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،916،580 ރ. (ހަތަރު މިލިއަން ނުވަލައްކަ ސޯޅަހާސް ފައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޑީޖޭއޭގެ މުވައްޒަފުންނަށް ބޭއްވި މަޢުލޫމާތު ސެޝަން

mental wellbeing.jpg

ޑީޖޭއޭގެ އިސްނެންގެވުމުގެ މަތިން ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން އިން މިއަދު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ޑީޖޭއޭގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް  ބާއްވާފައެވެ. މި ސެޝަނަކީ ކޮވިޑް19 ގެ ޙާލަތާ ގުޅިގެން ގޭގައި މަސައްކަތް ކުރުމުގައާއި މި ދަތި އުނދަގޫ ދުވަސްކޮޅުގައި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމަތު ދިނުމުގެ ގޮތުން ބާއްވާފައިވާ ސެޝަނެކެވެ. މީގެ އިތުރުން މިފަދަ އެކި އެކި ސެޝަންތައް މުޅި ޖުޑިޝާރީއަށް ބަހާލައިގެން ހިންގުމަށް ވަނީ ރޭވިފައެވެ.

ޑީޖޭއޭގެ މުވައްޒަފުންގެ މެދުގައި ބޭއްވި ޤުރުއާން މުބާރާތް

38144 (1).jpg

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ޑީޖޭއޭގެ މުވައްޒަފުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސެވުމުގެ ގޮތުންނާއި އެކުވެރިކަން އާލާކުރެއްވުމުގެ ގޮތުން ޤުރުއާން މުބާރާތެއް ބާއްވައިިފި.

ޙާއްސަ ދަންނަވާލުމެއް

Presentation1.jpg

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ޝަރުއީ ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ބައެއްގެ ގޮތުން މި މައުލޫއާގުޅޭ ސެންސިޓައިޒޭޝަން ސެޝަންތަކެއް، އޭޕްރީލް މަހުގެ 3 ން 6 އަށް، ޖުޑީޝަލް އެކެޑަމީގެ ފަރާތުން ކުރިއަށް އެބަގެންދެއެވެ.  

މި ޕްރޮގްރާމްގައި، ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި، އަދި ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި މުޖުތަމަޢުގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަމާއި، އަދި ޝަރުއީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މިދާއިރާގެ މުވައްޒަފުން ވިސްނުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލާނެއެވެ. މިގޮތުން ހިމެނިގެންދާނެ މުހިއްމު ބައިތަކުގެ ތެރޭގައި، އީކުއަލިޓީ އަދި އިކުއިޓީ، ސޯޝަލައިޒޭޝަން، ޖެންޑަރ ބޭސްޑް ބިހޭވިއަރ، ޖެންޑަރ ސްޓީރިއޯޓައިޕިނގް، ޖެންޑަރ ސެންސިޓިވިޓީ، ޖެންޑަރ ބްލައިންޑްނަސް، އިމްޕާރޝަލިޓީ އަދި އެމްޕަވަރމަންޓް ނުވަތަ ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

އިތުރަށް ވިދާޅުވުމަށް...

2021 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފި

Isthiunaaf Majlis 2.png

2021 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފިއެވެ. މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުގެ މައްޗަށެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އަދި ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު މުޞްތަފާއެވެ.

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު  މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ.

2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅުނީ އެންމެ މައްސަލައެކެވެ. އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި މައްސަލަ އިސްތިއުނާފް މަޖިލީހަށް ބަލައިގަނެ، މައްސަލައާ މެދު ވަނީ ގޮތެއް ނިންމާފައެވެ. 2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުންކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް މި ފުރުސަތުގައި ޝުކުރުއަދާ ކުރަމެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި މެދު ނިންމާ ގޮތުގެ ރިޕޯޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ޝާޢިޢުކުރެވޭނެއެވެ.

ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބޭއްވުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/10) އަށް ގެނެވުނު 2 ވަނަ އިޞްލާޙާ ގުޅިގެން، އުފެދުނު ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން 07 ފެބުރުވަރީ 2021 ވީ އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ. ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑު އުފެދުނީ 05 ޖަނަވަރީ 2021 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޤަވާޢިދުގެ ދަށުންނެވެ. އެޑްވައިޒަރީ ބޯޑަކީ، ޖުޑިޝަލް ސަރވިސް ޤާނޫނުގެ 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުން ޖުޑީޝަލް އެކެޑެމީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ލަފަޔާ އިރުޝާދު ދިނުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑެކެވެ. އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖުޑީޝަލް އެކެޑެމީން ހިންގާ އެކި އެކި ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ބޭނުންވާނެ ލަފާދިނުމާއި، އެކެޑެމީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރު ކުރުމާއި، އެކެޑަމީ ހިންގުމަށްޓަކައި ހަދާ އެކި އެކި އުސޫލުތައް ފާސްކުރުން ހިމެނެއެވެ. އެޑްވައިޒަރީ ބޯޑުގެ ޤަވާއިދުގެ ދަށުން ބޯޑަށް ޢައްޔަން ކުރެވިފައިވާ މެންބަރުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއި ޖުޑީޝަލް އެކެޑަމީ ހިންގާ އިސްވެރިޔާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއް އަދި ތަޢުލީމީ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަރާތެއް ހިމެނެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނިންމަވައިފި

Fandiyaaru Mujthaaz Fahmy.png

 

ޝަރުޢީދާއިރާއަށް އަދި މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ނިންމަވާފައެވެ. އަދި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަށެވެ. އަދި އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެކެވެ. 21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމް ނިމިއްޖެ

Closing Photo.jpg

 

އަލަށް ފަށާ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މައިގަނޑު މުއައްސަސާތަކާއި ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު 4 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 28 އޮކްޓޯބަރ 2020 ވަނަ ދުވަހު ބާއްވައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ޖުވެނައިލް ކޯޓު، ޑްރަގްކޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން މުޅިއެކު 36 ބޭފުޅަކު ބައިވެރިވެފައިއެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno