ދިވެހިރާއްޖޭގެ ސުޕްރީމްގެ ކޯޓުގެ ނޫސް ބަޔާން

ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ދިވެހި ޤައުމުގައި އަމްނު އަމާންކަމާއި ސުލްޙަވެރިކަމާއި ހަމަހިމޭންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން އަރުވާއިރު، ދިވެހިރާއްޖޭގައި އަމްނު އަމާންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަޅަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ނޫސް ބަޔާން ވިދާޅުވުމަށް