ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ސިމްޕޯޒިއަމް އިފްތިތާޙްކުރައްވައިފި

familyJustice201904.jpg

ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.

ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.

 familyJustice201902.jpg

familyJustice201901.jpg

3 ދުވަހުގެ މުއްދަތަށް ބާއްވާ މި ސިމްޕޯޒުއަމްގައި ދިވެހިރާއްޖޭގެ ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށް ޓަކައި، ކުރެވެން ހުރި ކަންކަން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސިމްޕޯޒިއަމްގައި، ފެމިލީ ޖަސްޓިސްގެ ނިޒާމާގުޅޭގޮތުން 4 ކީ ނޯޓް ލެކްޗަރ ދިނުމަށް ހަމަޖެހިފައި ވެއެވެ. ކީ ނޯޓް ލެކްޗަރ ދެއްވާނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުޙައްމަދު އީމާން ޢަލީ އާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރ ޑރ. މުނީރު ސަފީލްދީން އާއި، ޕާކިސްތާނުގެ ކެރިއަރ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ އޮނަރަބަލް ފާޚާރު ޒަމާން، އަދި ތުރުކީވިލާތުގެ ފަސްޓް ކްލާސް ޖަޖް އޮނަރަބަލް ޒޭނެޕް ކުރްނާޒެވެ.

familyJusitce201903.jpg

familyJustice201905.jpg

ކޯޓުތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުންހުރި މިނިސްޓްރީތަކާއި، މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު 10 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން، ސަރުކާރުގެ ފަރާތުން އާއިލީ ޢަދުލުގެ ނިޒާމް އިޞްލާޙުކުރުމަށް ހުށަހަޅާ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުރިހަމަ ޢާއިލީ ޢަދުލުގެ ނިޒާމެއް ބިނާކުރުމަށް ޓަކައި ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ޢާއިލީ ޢަދުލުގެ ނިޒާމުގައި މިހާރު ޢަމަލުކުރެވެމުންދާ އިޖުރާއާތުތަކާއި ރެގިއުލޭޓަރީ މެކޭނިޒަމްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭ ގޮތުން މި ސިމްޕޯޒިއަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno