ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރެއް ފަށައިފި

MJA-RAtoll201901.jpg

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޖިނާއީ އިޖުރާއާތާބެހޭ ޤަޟާއީ ސެމިނަރ އެއް ފަށައިފިއެވެ. 2019 އޯގަސްޓު 25 އިން 29 އަށް ބ. އޭދަފުށީ ޓީޗަރ ރިސޯސް ސެންޓަރގައި ކުރިއަށް ގެންދާ މި ސެމިނަރ އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދެވެ.

މި ސެމިނަރ ގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާއި އަދި ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރ، ބ، ޅ، ކ އަދި އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުން އަހުލުވެރި ކުރުވައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަންފީޛްކޮށް ތަޠުބީޤް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތަކަށް ޙައްލުހޯދުމާގުޅޭ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާ ކުރުމެވެ. 

MJA-RAtoll2019022.jpg

ޖުމްލަ 40 ބައިވެރިންނާއެކު 05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިސެމިނަރ ގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް އާއި ޑްރަގް ކޯޓުގެ އިސް ޤާޟީ  އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއެވެ.