ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު

MJA Photo 04.jpeg

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރުގެ ނަމުގައި  ސެމިނާރެއް ފަށައިފިއެވެ. 2018 ނޮވެންބަރު 24 އިން 28 އަށް ކުރިއަށް ގެންދާ މި ސެމިނާރުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް މުވައްޒަފުންނާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ބެހޭ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގައި އިޖުރާއީގޮތުން ދިމާވާ ދަތިތަކާއި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

MJA Photo 03.jpeg

MJA Photo 02.JPG

ހދ. ކުޅުދުއްފުށީ ނޮދަރން އޮފީސް ކޮމްޕްލެކްސްގެ ސެމިނާރު ރޫމްގައި ޖުމްލަ 36 ބައިވެރިންނާއެކު ކުރިއަށްދާ ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވާނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އާއި، ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެވެ.

MJA Photo 05.JPG

މި ސެމިނާރަކީ ހއ، ހދ، ށ. އަދި ނ. ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާރެކެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno