ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ނިމިއްޖެ

Sympclose1

ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުޞޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުޢީ ޙާއްޞަ ވަކި މައުޟޫޢަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާ ގެ ދަށުން ކުރިއަށް ގެންދެވުނު ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް މިއަދު ނިމިއްޖެއެވެ.

Sympclose5

Sympclose4

Sympclose3

ޔުނިސެފް މޯލްޑިވްސް އާއި ޝަރުޢީ ދާއިރާ ގުޅިގެން ކުރިއަށް ގެންދެވުނު މި ސިމްޕޯޒިއަމް އަކީ، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން މަޝްވަރާކޮށް، ޖުވެނައިލް ޖަސްޓިސް ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން އެކުލަވައިލާފައިވާ ތަޞައްވުރު ޙާޞިލްކުރުމަށްޓަކައި ކުރިމަގަށް އަމާޒުކޮށްގެން ޝަރުޢީ ދާއިރާއިން ރާވަންޖެހޭ ސްޓްރޭޓެޓީސް ތަކާއި އެކްޓިވިޓީސްތައް ދެނެގަމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވުނު ސިމްޕޯޒިއަމްކެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫޢުތަކަށް އެކުލަވައިލެވިފައިވާ ޢިލްމީ ދިރާސާތައް ހުށަހެޅުމާއި، އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގެތުން ބަހުސްކޮށް، ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާ ކުރުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރުމުގެ އިތުރުން،ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާ ގުޅޭގޮތުން މި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި މަޝްވަރާތައްކޮށް ބަހުސްތައް ކުރެވުނެވެ.

Sympclose2

Sympclose6

ސިމްޕޯޒިއަމް ނިމިގެން ދިޔައިރު، ޖުވެނައިލް ޖަސްޓިސް ސިސްޓަމް ހަރުދަނާކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވައިލެވުނެވެ.

މި މަހާސިންތާގެ ދަށުން މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތައްތަކުގެ މައްޗަށް ބިނާކޮށް، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން އެކުލަވައިލާ އެކްޝަން ޕްލޭން ތަންފީޛުކުރުމަށްޓަކައި، އެ އެކްޝަން ޕްލޭން ޝަރުޢީ ދާއިރާއާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޙިއްޞާކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށާއި، މިކަމުގައި ޙަރަކާތްތެރިވާނެ ފޯކަލް ޕޮއިސްޓްތަކެއް ހަމަޖައްސަވައިދެއްވައި އެ މަޢުލޫމާތު ޝަރުޢީ ދާއިރާއާ ޙިއްޞާކޮށްދެއްވުމަށް، މި ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އެދިވަޑައިގެންނެވިއެވެ.