ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގި އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައްދަލުކުރެއްވުން

NewLawyers01

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ފާއިތުވި 2016 ވަނަ އަހަރުގެ އޮކްޓޫބަރު 17 ގައި ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ޤާނޫނީ ވަކީލުންގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ނިމިއްޖެ

Sympclose1

ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުޞޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުޢީ ޙާއްޞަ ވަކި މައުޟޫޢަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާ ގެ ދަށުން ކުރިއަށް ގެންދެވުނު ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް މިއަދު ނިމިއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ފެށިގެން ކުރިއަށް ދަނީ

Sympo-Juvnile12

ނެޝަނަލް ޖުޑީޝަލްކޮންފަރެންސް 2017 އާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށް "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް" މިއަދު ފެށިއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ފެށިއްޖެ

Sympo01

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވުނު މިރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ގުޅުންހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގެ ދަށުން ހުއްދަދެވޭ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ.

މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެވިފައިވާ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެކެވެ.

އިތުރަށް ވިދާޅުވުމަށް...

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

image1

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން  އެއްމަސްދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިޔަށް ދިޔަ މި ސެމިނާރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރަޖިސްޓްރަރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ.

އިތުރަށް ވިދާޅުވުމަށް...

ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އަށް އަހުލުވެރިކުރުވުމާގުޅޭ ސެޝަނެއް ބާއްވައިފި

GenderEqualityAct

ޖެންޑަރ އީކުއަލިޓީގެ ޤާނޫނު (2016/18) އަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ ފަރާތުން މިހާރު ކުރިއަށް ގެންދަވާ ސެޝަންތަކުގެ ތެރެއިން، މި ޤާނޫނާގުޅޭ މަޢުލޫމާތު ޝަރުޢީ ދާއިރާގެ މުވައްޒަފުންނާ ޙިއްޞާކުރުމުގެގޮތުން މިއަދު ސެޝަނެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ ފަރާތުން ބޭފުޅުން ވަޑައިގެން މަޢުލޫމާތު ޙިއްޞާކުރެއްވި މި ސެޝަން ކުރިއަށް ދިޔައީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 2014 އަށް އަހުލުވެރި ކުރުމުގެ ސެމިނާރު

mja-penalcode-male01

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، މާލޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ރަޖިސްޓްރާރއިންނާއި ލީގަލް އެހެން މުވައްޒަފުންނަށް އަމާޒު ކޮށްގެން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 2014 އަށް އަހުލުވެރި ކުރުމުގެ ސެމިނާރެއް ފަށައިފިއެވެ. ސްޓެލްކޯގެ މައި އޮފީހުގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ސެމިނަރ 2016 ޑިސެންބަރު 08 އިން 11 އަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޤާނޫނުލްޢުޤޫބާތާ ބެހޭ ޚާއްޞަ ސެމިނާރެއް ފަށައިފި

MJA2ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ބެހޭ ޚާއްޞަ ސެމިނާރެއް ފ. ނިލަންދޫގައި ފަށައިފިއެވެ. އއ، ވ، މ، ފ، ދ، ތ، އަދި ލ މި ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން 34 މެޖިސްޓްރޭޓުން ބައިވެރި ވެވަޑައިގަންނަވާ މި ސެމިނާރަކީ، ޤާނޫނުލްޢުޤޫބާތު ތަންފީޛުކޮށް ތަޠުބީޤު ކުރުމާބެހޭގޮތުން މަޝްވަރާކުރުމާއި، ތަޖުރިބާ ޙިއްސާކުރުމުގެ ގޮތުން ބާއްވާ ސެމިނާރެކެވެ.

އިތުރަށް ވިދާޅުވުމަށް...

މެއިލް މެނޭޖްމަންޓް މޮޑިއުލް ސުޕްރީމް ކޯޓުގައި ފެށުމަށްޓަކައި މުވައްޒަފުންނަށް ޓްރޭނިންގ ދީފި

sctr

ޝަރްޢީދާއިރާއަކީ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބަރޯސާވެފައިވާ އަދި ކަރުދާހާ ނުލައި މަސައްކަތްކުރާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ބޭނުންކުރަމުންދާ މޮލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް ( މެމްސް) ގައި ހިމެނޭ މެއިލް މެނޭޖްމަންޓް ސިސްޓަމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭނުން ކުރަން ފެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން އެކޯޓުގެ މުވައްޒަފުންނަށް މި މޮޑިއުލް ބޭނުންކުރާނެ ގޮތުގެ ޓްރޭނިންގ ސެޝަންއެއް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައި.ޓީ ޓީމުން ކުރިޔަށް ގެންދިޔަ މި ސެޝަންގައި އެކޯޓުގެ 15 މުވައްޒަފުން ބައިވެރިވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އަހަރީ ލެކްޗަރ ސީރީޒްގެ ދެވަނަ އިސްދާރު

mjalecture02-2016-00

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައި ވާ އިލްމީ ތަގުރީރު ސިލްސިލާގެ ދެވަނަ އިސްދާރު 2016 އޮކްޓޫބަރު 01 ވަނަ ދުވަހުގެ ރޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައި ބާއްވައިފިއެވެ.

 "ފަންޑަމެންޓަލް ކޮންސެޕްޓްސް އެންޑް ޕްރިންސިޕްލްސް އޮފް މެޑިކަލް ލޯ" މައުޟޫޢު އަށް އިނގިރޭސި ބަހުން، ތަގުރީރު ކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދައުވަތަށް ރާއްޖެ ވަޑައިގެން ހުންނެވި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕްރޮފެސަރ ޑޮކްޓަރ ޕުތުރީ ނޭމީ ޖާން ކާސިމް އެވެ.

 މި ޕްރޮގްރާމުގައި ބައިވެރި ވެވަޑައިގެންފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕީރިއަރ ކޯޓުގެ ފަނޑިޔާރުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno