މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރު ފެށިގެން ކުރިއަށްދަނީ

Civil Procedure2

2018 ސެޕްޓެންބަރު 16 ވަނަ ދުވަހުން ފެށިގެން 05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމާބެހޭ ސެމިނާރުގެ ސެޝަންތައް މިއަދުވެސް ކުރިއަށް އެބަދެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން، ޖުޑީޝަލް ދާއިރާތަކުގެ 30 މެޖިސްޓްރޭޓުން ހިމެނޭގޮތުން ޖުމްލަ 60 ބައިވެރިންނާއެކު ކުރިއަށްދާ މި ސެމިނާރުގައި މިއަދު ކުރިއަށްދަނީ މި ސެމިނާރުގެ 8 އަދި 9 ވަނަ ސެޝަނެވެ.

އިތުރަށް ވިދާޅުވުމަށް...

މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރު އިފްތިތާޙްކޮށްދެއްވައިފި

Civil Procedure MJA 1ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން މި މަހުގެ 16 އިން 20 އަށް ކުރިއަށްގެންދާ މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމާބެހޭ ސެމިނާރު މިއަދު އިފްތިތާޙްކޮށްދެއްވައިފައެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސެމިނާރު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

އިތުރަށް ވިދާޅުވުމަށް...

ކޮމަރޝަލް ލޯއާ ބެހޭ ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރު

TOTComomercialLaw1

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ކޮމަރޝަލް ލޯއާ ބެހޭ ޓްރެއިނިންގ އޮފް ޓްރެއިނަރސް ސެމިނާރެއް ފަށައިފިއެވެ.

މި ސެމިނާރަކީ ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންނާއި ލީގަލް މުވައްޒަފުން ބައިވެރި ވެވަޑައިގަންނަވާ ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރެކެވެ. މި ސެމިނާރުގެ މަގުސަދަކީ ކޮމަން ލޯ އާއި އިސްލާމީ ޝަރީޢާ ކޮމަރޝަލް ލޯގައި ބޭނުންކުރެވޭ ގޮތާމެދު ޢިލްމީ އަދި ފަންނީ ފެންވަރުގައި މަޝްވަރާކުރުމާއި، މި ފަދަ ތަމްރީނުތައް ކުރިއަށް އޮތްތަނުގައި ހިންގާނެ ޓްރެއިނަރުން ތައްޔާރު ކުރުމެވެ.

އިތުރަށް ވިދާޅުވުމަށް...

ޖިނާއީ އިޖުރާއާތުގެ ޤާނޫނާ ބެހޭ ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރު

TOT Crpc

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ޖިނާއީ އިޖުރާއާތުގެ ޤާނޫނާ ބެހޭ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މީގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރި ވެވަޑައިގެންނެވި ޓްރެއިނިންގ އޮފް ޓްރެއިނާރސް ސެމިނާރެވެ. މި ސެމިނާރުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއާތުގެ ޤާނޫނާ ބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ފެންވަރުގައި މަޝްވަރާކުރުމާއި، އެ ޤާނޫނާ ބެހޭ ތަމްރީނުތައް ކުރިއަށް އޮތްތަނުގައި ހިންގާނެ ޓްރެއިނަރުން ތައްޔާރު ކުރުމެވެ. ދެވަނަ ޕްރޮގްރާމަކީ ކޯޓުތަކުގެ ލީގަލް މުވައްޒަފުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގި ސެމިނާރެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގި އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައްދަލުކުރެއްވުން

NewLawyers01

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ފާއިތުވި 2016 ވަނަ އަހަރުގެ އޮކްޓޫބަރު 17 ގައި ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ޤާނޫނީ ވަކީލުންގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވި ޤާނޫނީ ވަކީލުންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ނިމިއްޖެ

Sympclose1

ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުޞޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް ޢަމަލުކުރަންފަށާ ޤާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުޢީ ޙާއްޞަ ވަކި މައުޟޫޢަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާ ގެ ދަށުން ކުރިއަށް ގެންދެވުނު ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް މިއަދު ނިމިއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ފެށިގެން ކުރިއަށް ދަނީ

Sympo-Juvnile12

ނެޝަނަލް ޖުޑީޝަލްކޮންފަރެންސް 2017 އާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށް "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް" މިއަދު ފެށިއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ފެށިއްޖެ

Sympo01

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވުނު މިރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ގުޅުންހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގެ ދަށުން ހުއްދަދެވޭ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ.

މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެވިފައިވާ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެކެވެ.

އިތުރަށް ވިދާޅުވުމަށް...

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

image1

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން  އެއްމަސްދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިޔަށް ދިޔަ މި ސެމިނާރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރަޖިސްޓްރަރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ.

އިތުރަށް ވިދާޅުވުމަށް...

ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އަށް އަހުލުވެރިކުރުވުމާގުޅޭ ސެޝަނެއް ބާއްވައިފި

GenderEqualityAct

ޖެންޑަރ އީކުއަލިޓީގެ ޤާނޫނު (2016/18) އަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ ފަރާތުން މިހާރު ކުރިއަށް ގެންދަވާ ސެޝަންތަކުގެ ތެރެއިން، މި ޤާނޫނާގުޅޭ މަޢުލޫމާތު ޝަރުޢީ ދާއިރާގެ މުވައްޒަފުންނާ ޙިއްޞާކުރުމުގެގޮތުން މިއަދު ސެޝަނެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ ފަރާތުން ބޭފުޅުން ވަޑައިގެން މަޢުލޫމާތު ޙިއްޞާކުރެއްވި މި ސެޝަން ކުރިއަށް ދިޔައީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައެވެ.

mersin escort - escort bursa';
antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
sex watch
porno