2021 ނޮވެންބަރު 11-13 އަށް އދ. ހަންޏާމީިދޫގައި ބޭއްވުނު، އދ. ޖުޑީޝަލް ދާއިރާގެ 08 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންދެވުނު ޓްރެއިނިންގ ސެޝަންތައް ނިންމާލައިފި

.މިހިނގާ ނޮވެންބަރު މަހުގެ 11-13 އަށް، އދ. ހަންޏާމީދޫގައި ބޭއްވުނު، އދ. ޖުޑީޝަލް ދާއިރާގެ 8 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން، ކުރިއަށް ގެންދެވުނު ޓްރެއިނިންގ ޕްރޮގްރާމުގެ ސެޝަންތައް ނިންމާލައިފިއެވެ. މީގެތެރޭގައި، ކްރިމިނަލް ޕްރޮސީޖަރ ކޯޑް، ކަސްޓަމަރ ސަރވިސް، ކްރިމިނަލް ކޭސް މެނޭޖްމަންޓުގެ ސެޝަންތަކުގެ އިތުރުން ސަޕޯޓް ސްޓާފު ކެޓެގަރީގެ މުވައްޒަފުންނަށް ކުރިއަށް ގެންދުނު ޚާއްޞަ ސެޝަންތައް ހިމެނެއެވެ

އދ. އަތޮޅުގައި ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކަކީ، އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހުރިހާ މުވައްޒަފުންނާއި މެޖިސްޓްރޭޓުން، އެއް ރަށަކަށް ވަޑައިގެން ކުރިއަށް ގެންދަވާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގެ މަޤުޞަދަކީ، މުވައްޒަފުންނަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތު ޙިއްޞާ ކުރުމާއި، އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް އެއްގޮތް ކުރުމާއި، އަދި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމެވެ. މި ބައްދަލުވުމަކީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވުނު މެޖިސްޓްރޭޓުންގެ ބައްދަލުވުމުން ފާސްކޮށް، 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުން ބޭއްވުނީ އަށް އދ. ހަންޏާމީދޫގައެވެ.

މި މި ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަންތަކުގައި އދ. ޖުޑީޝަލް ދާއިރާގެ 06 މެޖިސްތޓްރޭޓުން ހިމެނޭގޮތުން މުޅި ޖުމްލަ 44 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތަމްރީނު ޕްރޮގްރާމުތައް ފެސިލިޓޭޓް ކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އާދަމް ނަޞީރު ޙުސައިން އާއި، ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛު ޙަސަން ސާމިލުގެ އިތުރުން ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝަތު ނުޒްހާއެވެ.

މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އދ.ޖުޑީޝަލް ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ އެވޯޑްތަކެއް ޙަވާލު ކުރެވުނެވެ. މިގޮތުން، 20 އަހަރަށްވުރެ ގިނަ ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިފާ މުވައްޒަފުންނަށް ދިގުމުއްދަތުގެ ރަންފިލާ އަދި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ދިގުމުއްދަތުގެ ރިފިފިލާ ޙަވާލު ކުރެވުނެވެ.

އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަކްރީމް ކުރައްވާފައިވާ، އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޙަސަންގެ އިތުރުން ރިޓަރއާ ކުރެވުނު ދެ މުވައްޒަފުން ކަމުގައިވާ އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޒަރީނާ އިބްރާހީމް އާއި އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓުގެ ހައުސްކީޕަރ އަލްފާޟިލް މުޙައްމަދު ޢަލީ އަށް ޚާއްޞަ އެވޯޑެއް އދ. ޖުޑީޝަލް ދާއިރާގެ ފަރާތުން ދެވުނެވެ. އަދި މީގެ އިތުރުން، ކޮންމެ އަހަރަކު އދ. ޖުޑީޝަލް ދާއިރާއިން ދެއްވަމުން ގެންދަވާ ފެހިފިލާގެ އެވޯޑް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓު ޙާޞިލު ކުރައްވާފައިވާތީ، އެ އެވޯޑް އެކޯޓާ ޙަވާލު ކުރެވުނެވެ.

މި ބައްދަލުވުމުގައި ޚާއްޞަ މަންދޫބުންގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަރާތުން ޢައްޔަން ކުރައްވާފައިވާ، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާގެ އިތުރުން، ޖުޑީޝަލް އެކެޑަމީގެ ފަރާތުން އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛާ މަޢުޞޫމާ ފާރޫޤް ބައިވެރިވެވަޑައިގެންނެވިއެވެ.

8200

8211

822

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
sex watch
porn
kartal escort
izmit escort
freehdporn.mobi
porno