ވޯރކްޝޮޕް އޮން ހޭންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓް

 

.ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ސަޕޯޓިންގ ޖަސްޓިސް ސެކްޓަރ ރިފޯރމް އެންޑް އެންޓި-ކޮރަޕްޝަން އިން ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން، އީ.ޔޫ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގުޅިގެން، ވޯރކްޝޮޕް އޮން ހޭންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓާއި ގުޅޭ ވޯކްޝޮޕެއް މިއަދު ވަނީ ޑީ.ޖޭ.އޭގައި ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ މި ޕްރޮގްރާމް އަމާޒު ކުރެވިފައިވައިވަނީ ޑީޖޭއޭގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ. މިގޮތުން ޖުމްލަ 23 މުވައްޒަފުން ވަނީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައެވެ. މިފަދަ ޕްރޕޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ، މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ހާސްކަން މެނޭޖް ކުރާނެގޮތާއި، މަސައްކަތްތައް ކުރުމުގައި ވަގުތު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގައި ގެންގުޅޭނެ އެކުޅުތަކާ ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކޮށް، މަޢުލޫމާތު ދިނުމެވެ. ސްޓްރެސް އަދި ޓައިމް މެނޭޖް ކުރުމަށް މުވައްޒަފުންނަށް މި ޕްރޮގްރާމްތައް ހިންގުމުގެ އެންމެ މުހިއްމު ބޭނުމަކީ، މުވައްޒަފުގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި މަސައްކަތުގެ ހަލުވިކަން އަދި ފެންވަރު ރަނގަޅުކޮށް، މަސައްކަތުގެ މާޙައުލަކީ ހިތްހަމަޖެހޭ އެކުވެރި މާހައުލަކަށް ބަދަލުކުރުމެވެ.

ހެންޑްލިންގ ސްޓްރެސް އެންޑް ޓައިމް މެނޭޖްމަންޓްގެ މި ޕްރޮގްރާމަކީ، ގްރޫޕް ތަކަކަށް ބަހާލައިގެން، އީ.ޔޫގެ އެހީގައި މިއަރު އަދި މިފެށޭ އަހަރުވެސް އިތުރަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ރެޖިސްޓްރާރ އަދި އެސިސްޓަންޓް ރެޖިސްޓްރާރުންނަށް އަމާޒުކޮށް 2021 ނޮވެމްބަރ 20 ވަނަ ދުވަހު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފެށޭއަހަރުގެ ތެރޭގައި، ފަނޑިޔާރުންނަށް އަމާޒެކޮށްވެސް މިފަދަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ތާވަލު ކުރެވިފައެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ، ޔޫރަޕިއަން ޔޫނިއަންގެ ކޮންސަލްޓަންޓް، ޖަސްޓިސް ރައިނަރ ޑެވިލްއެވެ.

https://bit.ly/3k0D9Ee 

 

Webp3Webp2Webp1

 

 

 

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
sex watch
porn
kartal escort
izmit escort
freehdporn.mobi
porno