ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރުމާ ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ނެރެފި

0 134250580521 news

ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ބަޔާންކުރައްވައި، އާންމު ސިޓީއަކުން އެކަން އަންގަވައިފިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ސޮއިކުރައްވައި މިއަދު ޝާއިޢުކުރެއްވި 9/2015 ނަންބަރު އާންމު ސިޓީ ގައި ވިދާޅުވެފައިވަނީ މިފަދައިންނެވެ:

"ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އަދި ދައުލަތުގެ މުއައްސަސާތަކަށާއި އިދާރާތަކަށް ދަޢުވާ ރައްދުވާގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ދެންނެވީމެވެ."

ދިވެިހިރާއްޖޭގެ ސުޕްރީމްކޯޓުގެ 9/2015 ނަންބަރު އާންމު ސިޓީ ވިދާޅުވުމަށް