"ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓާ ގުޅޭގޮތުން ޝަރުޢީ ދާއިރާގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގެ ޚުލާޞާ

އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިވަޑައިގެން މަސައްކަތް ކުރައްވައި ނެރުއްވި "ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓަކީ ޝާމިލު ގޮތެއްގައި، ޖުޑީޝަރީގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އަންގައިދެވޭނެ ގޮތަކަށް ތައްޔާރު ކުރެވިފައި އޮތް ރިޕޯޓަކަށް ނުވާތީ، އަދި ރިޕޯޓުގައި ކަންބޮޑު ވާން ޖެހޭ ފަދަ އުނި ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށް، ޖުޑީޝަރީގެ ކަންބޮޑުވުން ފާޅު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 27 އޯގަސްޓް 2015 ގައި ނިއުސް ކޮންފަރެންސްއެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު އަޙްމަދު މާޖިދުއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚާލިދު ޤާސިމެވެ. މިބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ..

1.    ޖިނާއީ، މަދަނީ އަދި ޢާއިލީ ޢަދުލުގެ އިޖުރާއާތުގެ އުޞޫލުތަކާއި ހަމަތައް މިހާރުވެސް ކޯޓުތަކުގައި އެބަހުއްޓެވެ.

ޖިނާއީ، މަދަނީ އަދި ޢާއިލީ ޢަދުލުގެ އިޖުރާއާތުގެ ޤާނޫނުތަކެއް ނެތް ކަމަށާއި، މި ނުކުތާއަށް އަލި އަޅުވައިލައި، ކޯޓުތަކުން ވަގުތީ ގޮތުން އިޖުރާއާތުގެ އުޞޫލުތަކާއި ހަމަތަކެއް ހަދާން ޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ އިޖުރާއާތުގެ އުޞޫލުތަކާއި ހަމަތައް މިހާރުވެސް ކޯޓުތަކުގައި އެބަހުއްޓެވެ. އަދި މިހާރު ކޯޓުތަކުން ޢަމަލު ކުރަމުން ގެންދަނީ ވެސް މިފަދަ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށެވެ. ރިޕޯޓުގައި ފާހަގަކުރައްވާފައިވާ އިޖުރާއާތުގެ ޤާނޫނުތައް އެކުލަވައިލުމުގެ މަސައްކަތަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން އިސް ނަންގަވައިގެން ކުރައްވާންޖެހޭނެ ކަމެކެވެ.

2.    އޭ.ޑީ.އާރު ނިޒާމު ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވަނީ ޤާއިމުކޮށްފައެވެ.

ޝަރީޢަތަކަށް ނުގޮސް މައްސަލަތައް ޙައްލު ކޮށްދޭ އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ އޭ.ޑީ.އާރ ނިޒާމެއް ގާއިމު ކުރުމަށް، ރިޕޯޓުގައި ރިކޮމެންޑޭޝަން ދެއްވައިފައި ވާ އިރު، މިހާރު ވެސް އޭ.ޑީ.އާރު ނިޒާމު ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ގާއިމު ކުރެވި، ޝަރީޢަތަކަށް ނުގޮސް މައްސަލަތައް ޙައްލު ކޮށްދިނުމުގެ ޚިދުމަތް ދަނީ ދެމުންނެވެ. އެގޮތުން ފެމިލީ ކޯޓުގައި އާއިލީ މައްސަލަތައް ޙައްލު ކުރުމާ ބެހޭ ބައެއް ވަކިން ހުރެއެވެ. އެ ބައިގައި މީޑިއޭޓަރަކާއި ސޯޝަލް ވޯކަރެއް ތިއްބަވައިގެން، މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދެއެވެ. ސިވިލް ކޯޓުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/02/SC ސަރކިޔުލަރ އިން ވަނީ ޝަރީޢަތަކަށް ނުގޮސް މައްސަލަތައް ޙައްލު ކޮށްދިނުމަށް ޓަކައި އޭ.ޑީ.އާރުގެ އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ކުރާ ޑިވިޜަނެއް (ޑިސްޕިޔުޓް ރިޒޮލިޔުޝަނާ ބެހޭ ޑިވިޜަން) ޤާއިމު ކޮށްފައެވެ. އެ ޑިވިޜަނުގެ ޚިދުމަތް މިހާރު ދަނީ ދެމުންނެވެ. އެހެންކަމުން، މި ރިޕޯޓުގައި އޭ.ޑީ.އާރުގެ ޚިދުމަތް ފެށުމަށް ރިކޮމެންޑޭޝަނެއް ދެއްވައިފައި ވަނީ ޖުޑީޝަރީއަށް ގެނެވެމުން ދާ ތަރައްޤީއަށް ނުބައްލަވައިކަން ފާހަގަކުރަމެވެ.

3.    ކޯޓަށް މައްސަލަ ހުށަހަޅާންވީގޮތް ކޮންމެ ކޯޓަކުންވެސް ކިޔާދޭނެއެވެ.

ޝަރުޢީ މަރުޙަލާތަކާ މެދު ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ ވާހަކަ ރިޕޯޓުގައި ފާހަގަ ކުރައްވައިފައި، މިސާލެއްގެ ގޮތުން ވިދާޅުވެފައި ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާނެ ގޮތް ނޭނގޭ ގިނަ މީހުން ތިބި ކަމަށެވެ. މީގެ ސަބަބުން ޢަދުލުއިންޞާފަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފައިވާއިރު، ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތް ނޭނގިގެން، އެއްވެސް މީހަކަށް އިންޞާފު ނުލިބި ހުރި ކަމަކަށް މިހައިތަނަށް ދުވަހަކުވެސް އެއްވެސް ޝަކުވާއެއް، އެއްވެސް ތަނަކަށް ހުށަހެޅިފައެއް ނެތެވެ. ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކުން ވެސް، ރައްޔިތުންގެ އެއްވެސް މީހަކު މައްސަލައެއް ހުށަހަޅާން ބޭނުން ވެގެން ކޯޓަށް އަތުވެއްޖެ ކޮންމެ ހިނދެއްގައި، ކަން ކުރާން ވާ ގޮތް ފުރިހަމަޔަށް ކިޔައިދީ، ބޭނުން ވާ ހުރިހާ މަޢުލޫމާތެއް ފޯރު ކޮށްދެމުން ގެންދާނެއެވެ.

4.    ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ޝަރުޢީ ދާއިރާއިން މިހާރުވެސް ކުރިޔަށްގެންދެއެވެ.

ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ފަށަން ރިޕޯޓުގައި ރިކޮމެންޑް ކޮށްފައި ވާ އިރު، ހޭލުންތެރި ކުރުމަށް ޓަކައި ޓީވީ ޕްރޮގްރާމަކާއި ރޭޑިޔޯ ޕްރޮގްރާމެއްގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަން ރިޕޯޓުގައި އެއްވެސް ވަރަކަށް ފާހަގަކޮށްފައިނުވެއެވެ. ޝަރުޢީ ދާއިރާގެ ފަރާތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި މިހާރުވެސް ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ޝަރުޢީ ދާއިރާގެ ފަރާތުން ޓެލެވިޜަން މޯލްޑިވްސް އާ ގުޅިގެން ކޮންމެ ހަފުތާއަކު އެއްފަހަރު ކުރިޔަށް ގެންދާ "މީޒާން" ޕްރޮގްރާމުގައި، ތަފާތު އެތައް ފަހަރެއްގެ މަތީން، ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގައި ކަންތައް ކުރާން ޖެހޭ ގޮތް ކިޔައިދީ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ އަޑުން ކޮންމެ ހަފުތާއަކު ގެނެސްދޭ "ޤާނޫނީ ލަފާ" ޕްރޮގްރާމް މެދުވެރި ކޮށް، ކޯޓުތަކަށް މައްސަލަ ހުށަހެޅުން ފަދަ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރު ކޮށްދެވެމުން ދެއެވެ.

5.    ދިވެހިރާއްޖޭގެ ޖުޑީޝަރީއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އެންމެ ޚަރަދު ކުޑަކޮށް ޝަރީޢަތް ކޮށްދޭ ޖުޑީޝަރީއެވެ.

ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުމުގެ ޚަރަދު ބޮޑުކަން ރިޕޯޓުގައި ފާހަގަ ކުރައްވައިފައި ވާ އިރު، މިހާރު ދިވެހިރާއްޖޭގައި، ކޯޓު ކޭހަކަށް ދައުލަތުން -/16000 ވަރަކަށް ރުފިޔާ ޚަރަދު ކުރެއެވެ. މިއީ ޚަސްމުން އެމީހުންގެ އާދައިގެ ދިރިއުޅުމުގެ ކަންކަމުގައި ބައިތިއްބައިގެން، އެމީހުންގެ ދިރިއުޅުމަށް ބުރޫ ނާރާ ގޮތަށް ޝަރީޢަތުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ދައުލަތުން ޝަރީޢަތަކަށް ކުރާ ޚަރަދެވެ. ޢާއްމުކޮށް ޝަރީޢަތްތައް ހިންގާ ދަށުކޯޓުތަކުން، ޝަރީޢަތެއް ހިންގުމަށް ޓަކައި ރައްޔިތަކު ޚަރަދު ކުރާން ޖެހޭނީ 25 ރުފިޔާ އެވެ. ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ޓަކައި ދައްކާން ޖެހެނީ 300 ރުފިޔާއެވެ. މި އަދަދުތަކަށް ބަލާފައި، ރާއްޖެއިން ބޭރުގެ ކުރި އަރައިފައި ވާ ޤާނޫނީ ނިޒާމުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުޑީޝަރީ އަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އެންމެ ޚަރަދު ކުޑަކޮށް ޝަރީޢަތް ކޮށްދޭ ޤައުމު ކަމަށް ވުން އެކަށީގެން ވެއެވެ. ރައްޔިތުންގެ އަތުން ޝަރީޢަތުގެ މަރުޙަލާގައި ދާ ޚަރަދު ބޮޑު ވެގެން ދަނީ ޤާނޫނީ ވަކީލުންނަށް ދައްކަންޖެހޭ ފީގެ ސަބަބުންނެވެ.

6.    ދިވެހިރާއްޖޭގައި ޝަރީޢަތެއް އެވްރެޖުކޮށް 1.5 އަހަރުން ނިމޭނެއެވެ.

ޝަރުޢީ ދާއިރާގައި މައްސަލަތައް އާދަޔާ ޚިލާފަށް ދިގު ދެމިގެން ދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދިވެހިރާއްޖޭގައި ޝަރީޢަތެއް އެވްރެޖުކޮށް 1.5 އަހަރުން ނިމޭނެއެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާ އިރު ވެސް ވަރަށް އަވަސް މިންވަރެކެވެ. މިސާލަކަށް ދަންނަވާއިރު، އަވަށްޓެރި އިންޑިޔާގައި، އެވްރެޖް ކޭސް ލައިފަކީ 20 އަހަރެވެ. "އޯރގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް" އަކީ އެ ޖަމާޢަތެއްގެ މެންބަރުންގެ ގޮތުގައި ކެނެޑާ، ޑެންމާރކް، ފްރާންސް، ޖަރުމަން، އައިސްލޭންޑް، ނޯރވޭ، ލަގްޒެމްބޯރގް، ނެދަރލޭންޑްސް، ސްވިޓްޒަރލޭންޑް، ޔޫކޭ، ޔޫއެސް ހިމެނޭ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ޤައުމުތަކުގައި، މަދަނީ މައްސަލައެއް ނިމެނީ އެވްރެޖްކޮށް 8 މަސް ދުވަހުންނެވެ. މިމުއްދަތާ އެވްރެޖްކޮށް ދިވެހިރާއްޖޭގައި މައްސަލައެއް ނިންމާން ހޭދަވާ މުއްދަތާ އަޅާ ކިޔާއިރު މާ ބޮޑު ތަފާތެއް ނެތެވެ. މީގެ ތެރެއިން ބައެއް ޤައުމުތަކުގައި، މަދަނީ މައްސަލައެއް ނިންމަން އެވްރެޖްކޮށް 1.5 އަހަރު ހޭދަވާ ޤައުމުތައްވެސް އެބަހުއްޓެވެ.

7.    މައްސަލަތައް އަވަސްކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވެއެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސް ކުރެވޭނީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެގޮތުން އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް މައްސަލަތައް އަވަސްކުރުމުގައި ބޭނުންވާނެއެވެ. ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރުމާ އެކު ވެސް، ރާއްޖޭގައި ގިނަ މައްސަލަތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމޭކަން ފާހަގަކުރަމެވެ. އެގޮތުން ފާއިތުވި 2014 ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކަށް 18983 މައްސަލަ ހުށަހެޅުނު އިރު، އޭގެ ކުރީ އަހަރުގެ ބާކީ މައްސަލަތަކާ އެކު، 19900 އަށް ވުރެ ގިނަ މައްސަލަ ވަނީ ނިންމާފައެވެ. ވީމާ، ފާއިތުވި 2014 ވަނަ އަހަރު އެކަނި ވެސް ކޯޓުތަކަށް މައްސަލަ ހުށަހެޅުނު ޢަދަދަށް ވުރެ، ކޯޓުތަކުން މައްސަލަ ނިންމި ޢަދަދު ގިނައެވެ. މި ހުރިހާ މައްސަލަތަކެއް ނިންމައިފައި ވަނީ، އެތައް އިދާރާއަކުން ލިބޭން ޖެހޭ އެއްބާރުލުން ނުލިބިއެވެ. އަދި މީހުން ހާޒިރު ކުރުން ފަދަ ކަންކަމުގައި ނުހަނު ބޮޑު ދަތިތަކެއް ހުރުމާ އެކު ވެސް ކުރެވިފައި ވާ މަސައްކަތް މި ތަފާސްހިސާބުތަކުން ފާހަގަކުރެވޭނެއެވެ.

8.    ތަފާސްހިސާބުގެ ކަންކަން ވެސް ރާއްޖޭގައި އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ދާއިރާއަކީ ޝަރުޢީ ދާއިރާއެވެ.

ތަފާސްހިސާބުގެ ކަންކަން ވެސް ރާއްޖޭގައި އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ދާއިރާއަކީ ޝަރުޢީ ދާއިރާއެވެ. ޝަރުޢި ދާއިރާގެ ފަރާތުން ބަލަހައްޓާ ތަފާސްހިސާބުތައް ފޮތެއްގެ ސިފައިގައި ޗާޕުކޮށް، ޢާންމުންނަށް ލިބޭނޭ އިންތިޒާމާއި، ޝަރުޢީ ދާއިރާގެ ވެބްސައިޓް ތަކުން ފެންނާނެ އިންތިޒާމް ވާނީ ހަމަޖައްސާފައެވެ. ނަމަވެސް، ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ތަފާސްހިސާބުގެ މަސައްކަތާ ބެހޭ ގޮތުން ޝަރުޢީ ދާއިރާވެސް ހިމެނޭގޮތުން ފާޑު ވިދާޅުވެފައި ވާ އިރު، ޝަރުޢީ ދާއިރާގެ ފަރާތުން މިމަސައްކަތް ކުރާ ގޮތުގެ އެއްވެސް ދިރާސާއެއް ކޮށް، މި މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު މި ރިޕޯޓުގައި ހިމަނާފައިނުވާކަން ފާހަގަކުރަމެވެ.

.

 

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno