ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާގުޅިގެން ކުރިޔަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2018 ފަށައިފިއެވެ. ފަނޑިޔާރުންގެ ޤައުމީ މަހާސިންތާއަކީ، ޝަރުޢީގޮތުންނާއި އިދާރީގޮތުން ކޯޓުތަކަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ޝަރުޢީ ދާއިރާގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކޮށް، ނިންމުންތަކެއް ނިންމުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ބައްދަލުވުމެކެވެ.
މި އަހަރުގެ މަހާސިންތާގައި ވެސް މުހިންމު މައުޟޫޢުތަކަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، ޖުޑީޝަލް ދާއިރާތަކުގެ މަންދޫބުންގެ ގޮތުގައި އެ ދާއިރާތަކުން ކަނޑައެޅުއްވި މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.