ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ޝަރުއީ ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ބައެއްގެ ގޮތުން މި މައުލޫއާގުޅޭ ސެންސިޓައިޒޭޝަން ސެޝަންތަކެއް، އޭޕްރީލް މަހުގެ 3 ން 6 އަށް، ޖުޑީޝަލް އެކެޑަމީގެ ފަރާތުން ކުރިއަށް އެބަގެންދެއެވެ.  

މި ޕްރޮގްރާމްގައި، ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި، އަދި ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި މުޖުތަމަޢުގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަމާއި، އަދި ޝަރުއީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މިދާއިރާގެ މުވައްޒަފުން ވިސްނުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލާނެއެވެ. މިގޮތުން ހިމެނިގެންދާނެ މުހިއްމު ބައިތަކުގެ ތެރޭގައި، އީކުއަލިޓީ އަދި އިކުއިޓީ، ސޯޝަލައިޒޭޝަން، ޖެންޑަރ ބޭސްޑް ބިހޭވިއަރ، ޖެންޑަރ ސްޓީރިއޯޓައިޕިނގް، ޖެންޑަރ ސެންސިޓިވިޓީ، ޖެންޑަރ ބްލައިންޑްނަސް، އިމްޕާރޝަލިޓީ އަދި އެމްޕަވަރމަންޓް ނުވަތަ ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

އިތުރަށް ވިދާޅުވުމަށް...

2021 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފި

Isthiunaaf Majlis 2.png

2021 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފިއެވެ. މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުގެ މައްޗަށެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އަދި ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު މުޞްތަފާއެވެ.

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު  މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ.

2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅުނީ އެންމެ މައްސަލައެކެވެ. އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި މައްސަލަ އިސްތިއުނާފް މަޖިލީހަށް ބަލައިގަނެ، މައްސަލައާ މެދު ވަނީ ގޮތެއް ނިންމާފައެވެ. 2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުންކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް މި ފުރުސަތުގައި ޝުކުރުއަދާ ކުރަމެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި މެދު ނިންމާ ގޮތުގެ ރިޕޯޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ޝާޢިޢުކުރެވޭނެއެވެ.

ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބޭއްވުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/10) އަށް ގެނެވުނު 2 ވަނަ އިޞްލާޙާ ގުޅިގެން، އުފެދުނު ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން 07 ފެބުރުވަރީ 2021 ވީ އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ. ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑު އުފެދުނީ 05 ޖަނަވަރީ 2021 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޤަވާޢިދުގެ ދަށުންނެވެ. އެޑްވައިޒަރީ ބޯޑަކީ، ޖުޑިޝަލް ސަރވިސް ޤާނޫނުގެ 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުން ޖުޑީޝަލް އެކެޑެމީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ލަފަޔާ އިރުޝާދު ދިނުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑެކެވެ. އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖުޑީޝަލް އެކެޑެމީން ހިންގާ އެކި އެކި ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ބޭނުންވާނެ ލަފާދިނުމާއި، އެކެޑެމީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރު ކުރުމާއި، އެކެޑަމީ ހިންގުމަށްޓަކައި ހަދާ އެކި އެކި އުސޫލުތައް ފާސްކުރުން ހިމެނެއެވެ. އެޑްވައިޒަރީ ބޯޑުގެ ޤަވާއިދުގެ ދަށުން ބޯޑަށް ޢައްޔަން ކުރެވިފައިވާ މެންބަރުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއި ޖުޑީޝަލް އެކެޑަމީ ހިންގާ އިސްވެރިޔާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއް އަދި ތަޢުލީމީ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަރާތެއް ހިމެނެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނިންމަވައިފި

Fandiyaaru Mujthaaz Fahmy.png

 

ޝަރުޢީދާއިރާއަށް އަދި މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ނިންމަވާފައެވެ. އަދި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަށެވެ. އަދި އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެކެވެ. 21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމް ނިމިއްޖެ

Closing Photo.jpg

 

އަލަށް ފަށާ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މައިގަނޑު މުއައްސަސާތަކާއި ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު 4 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 28 އޮކްޓޯބަރ 2020 ވަނަ ދުވަހު ބާއްވައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ޖުވެނައިލް ކޯޓު، ޑްރަގްކޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން މުޅިއެކު 36 ބޭފުޅަކު ބައިވެރިވެފައިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި.

 25.10.2020.jpg

ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް 2020 ނޮވެންބަރު 20 ވަނަ ދުވަހު ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާތީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ 4 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް 25 އޮކްޓޯބަރގައި ވަނީ ފެށިފައެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ޓްރޭނިންގ ޕްރޮގްރާމަކީ ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މައިގަނޑު މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.  މި ޕްރޮގްރަމް މިއަދު ފައްޓަވައި ދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާޢިޝަތު ރިޒްނާ އެވެ.  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރެޓަރގެ ވާހަކަފުޅުގައި މި ތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ، އަލަށް ފަށާ ކުޑަކުދިންގެ ޢަދަލުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާނެ މަޢުލޫމާތު އަދި މަސައްކަތްތައް ރޭވުމަށް ޤާޟީންނާއި ކޯޓުތަކުގައި މަސައްކަތްކުރައްވާ ލީގަލް މުވައްޒަފުންނަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ކުޑަކުދިންގެ ޢަދަލުގެ ނިޒާމް ހަރުދަނާވެގެންދާނީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކަމާގުޅޭ އެކަށޭނެ މަޢުލޫމާތާއި ތަމްރީނު ލިބިދެވިގެން ކަމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާރ ފާހަގަ ކުރެއްވި އެވެ.  

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ހ.ވަލަންޖު، މާލެ، އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރަށްވައިފި

qq.jpeg

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ހ.ވަލަންޖު، މާލެ، އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރަށްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.

އިތުރަށް ވިދާޅުވުމަށް...

އޮންލައިން މީޓިންގް ފޯރ ވެލިޑޭޝަން އޮފް ކަރިކިއުލަމް އެންޑް ޓްރެއިނިން ނީޑްސް އެނަލިސިސް ފޯރ ޖަޖަސް 07 އޮކްޓޫބަރ 2020 ގައި ބާއްވައިފި

ޔޫ.އެން.ޑީ.ޕީ ގެ ކޮންސަލްޓެންޓް އަދި ޔޫ.އެސް ގެ ޖަޖެއް ކަމަށްވާ މެލްކަމް ސައިމަންސް ކުރިއަށްގެންދެވި އޮންލައިން މީޓިންގް ފޯރ ވެލިޑޭޝަން އޮފް ކަރިކިއުލަމް އެންޑް ޓްރެއިނިން ނީޑްސް އެނަލިސިސް ފޯރ ޖަޖަސް 07 އޮކްޓޫބަރ 2020 ގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޖް މެލްކަމް ސައިމަންސް އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތަޛާ ޢާއިޝަތު ރިޒުނާ އާއި ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން ބޭފުޅަކާއި، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއް ޤާޟީން އަދި ޖުޑީޝަލް އެކަޑަމީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއިއެކު މުޅިއެކު 25 ބޭފުޅުންނެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތަޛާ ޢާއިޝަތު ރިޒުނާއެވެ. އެކަމަނާގެ ވާހަކަފުޅުގައި މިފަދަ ޓްރެއިނިންތަކުގެ މުހިއްމުކަމާއި އަދި ދާއިރާގެ ކަންކަން ކުރިއަރުވާ ރަނގަޅުކުރުމަށް ބައިވެރިންގެ ހިޔާލު ހޯދުމުގެ މުހިންމުކަމަށްވަނީ އަލިއަޅުވާލާފައެވެ.

ޔޫ.އެން.ޑީ.ޕީ ގެ ކޮންސަލްޓެންޓް ޖަޖް މެލްކަމް ސައިމަންސް ތައާރަފްކޮށް އަރުވައިދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރ އަލްއުސްތާޛް ޙުސައިން މުޙައްމަދު ޙަނީފްއެވެ. އަލްއުސްތާޛް ޙަނީފްގެ ވާހަކަފުޅުގައި ޖަޖް ސައިމަންސް އަކީ 30 އަހަރުގެ ތަޖުރިބާހުރި އެކި ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ބޭފުޅެއްކަމާއި، އެކިފަހަރުމަތިން ދިވެހިރާއްޖޭގެ ޖުޑީޝަލް ސިސްޓަމް ހަރުދަނާކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި އަދި އެބޭފުޅާގެ ކިބައިން ބައިވެރީންނަށް ވަރަށްގިން މަޢުލޫމާތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންޓަވިއު އަދި ސުވާލުކަރުދާސް މެދުވެރިކޮށް ޖަޖް ސައިމަންސްއަށް ހޯދިފައިވާ ހޯދުންތަށްވަނީ ބައިވެރިންނަށް ހުށަހަޅުއްވައި ދެއްވާފައެވެ. ފަނޑިޔާރުންގެ ބޭނުމަށް ލިބެންހުރި ވަސީލަތްތައް އަދާ ހަމަކޮށްފައި ބެހެއްޓުމުގެ މުހިންމުކަމާއި، ފަނޑިޔާރުންނަށް ބޭއްވުން މުހިންމީ ކޮން ތަމްރީނުތަކެއްކަމާއި އަދި މި ތަމްރީނުތަށް ބޭއްވުމުގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އެކުލަވާލެވިދާނެ ބައިނައްލަގުވާމީ ދުނިޔޭގައި އަމަލުކުރަމުން އައްނަ އެންމެ ރަނގަޅު ގޮތްތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ތަމްރީނުތަށް ބޭއްވުމުގައި ޝަރުއީ ދާއިރާއަށާއި ފަނޑިޔާރުންނަށް އެއިރެއްގައި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން ތަމްރީނު ބޭއްވުމުގެ މުހިންމުކަމަށް ޖަޖް ސައިމަންސް ވަނީ ބައްލަވާލައްވާފައެވެ. ޕްރެޒެންޓޭޝަން ނިންމަވާލައްވަމުން ޖަޖް ސައިމަންސް ވިދާޅުވީ މިއީ ވަރަށް ދިގު ދަތުރެއްގެ ފެށުން ކަމަށާއި،އަންނަ ބަދަލުތަކާއި އެއްގޮތަށް ޤާނޫނުތައް އަދި ޤަވައިދުތައް ރިވިއު ކުރެވި އަދާހަމަކުރުން ވަރަށް މުހިއްމުންކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުން ނިންމާލައްވާފައިވަނީ ސުވާލުކޮށް ހިޔާލުފާޅުކުރުމަށް ބައިވެރިންނަށް ފުރުސަތު ދިނުމަށްފަހުގައެވެ.

ސިންގަޕޯރ ކޯޕަރޭޝަން ޕްރޮގްރާމް ޓްރެއިނިންގ އެވޯޑްސް އިން އިންތިޒާމު ކޮށްގެން، ލީޑަރޝިޕް އިން ކޯޓް ގަވަރނަންސް ކޯހެއް ފަށައިފި

ސިންގަޕޯރ ކޯޕަރޭޝަން ޕްރޮގްރާމް ޓްރެއިނިންގ އެވޯޑްސް އިން އިންތިޒާމު ކޮށްގެން، ލީޑަރޝިޕް އިން ކޯޓް ގަވަރނަންސް ކޯހެއް ފަށައިފިއެވެ. 05 ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށްދާނީ 2020 އޮކްޓޫބަރު 05 އިން 09 އަށެވެ.

 މި ކޯހަކީ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ޝަރުޢީ ދާއިރާގެ ހުރިހާ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް ހުޅުވާލެވިގެން ކުރެވުނު އިއުލާނާ ގުޅިގެން 11 ފަރާތަކުން ކުރިމަތިލެއްވިއެވެ. ކުރިމަތިލެއްވި ފަރާތްތަކުގެ އެޕްލިކޭޝަންތައް ޖުޑީޝަރީގެ އެޗް.އާރ ކޮމިޓީން އެނަލައިޒްކުރައްވާ،  ކޯހަށް ހޮވިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތެވެ. މިގޮތުން މި ކޯހުގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތުގައި ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ މައުޟޫތަކަކީ؛

- ކޯޓް އެޑްމިނިސްޓްރޭޝަން

- ކޯޓް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ

- އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން

- ޖުޑީޝަލް އެޑިޔުކޭޝަން އެންޑް ރީފޯމް

މިއީ މި އަހަރުގެ މާރިޗު މަހު ސިންގަޕޫރުގައި ހިންގުމަށް ޕްލޭންކުރެވުނު ކޯހެއް ނަމަވެސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ޙާލަތާގުޅިގެން ފަސްކުރެވި، އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެކެވެ.

ފަންޑަމެންޓަލް ރައިޓްސް އެންޑް ޖުޑީޝަލް ކޮންޑަކްޓް އިން ތިޔަރީ އެންޑް ޕްރެކްޓިސް ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިމިއްޖެ

ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން 27 ސެޕްޓެމްބަރ 2020 އިން 1 އޮކްޓޫބަރ 2020 އަށް ކުރިއަށްގެންދެވުނު ފަންޑަމެންޓަލް ރައިޓްސް އެންޑް ޖުޑީޝަލް ކޮންޑަކްޓް އިން ތިޔަރީ އެންޑް ޕްރެކްޓިސް ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމް 01 އޮކްޓޫބަރ 2020 ވަނަ ދުވަހު ނިމިއްޖެއެވެ. މި ޓްރޭނިންގ ހިންގާފައިވަނީ މެކްސް ޕްލޭންކް ފައުންޑޭޝަން ފޮރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާގުޅިގެން ޖުޑީޝަލް އެކެޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އޮންލައިންކޮށް ފަސް ދުވަހުގެ މުއްދައްތަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގައި ސުޕްރީއަރ ކޯޓުތަކުގެ ޤާޟީންނާއި  މެޖިސްޓްރޭޓުންގެ 59 ބޭފުޅަކަށް ފުރުޞަތު ދެވިފައި ވެއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ރިސޯސް ބޭފުޅުންނަކީ މެކްސް ޕްލޭންކް ފައުންޑޭޝަންގެ ފަރާތުން ކަނޑައެޅުއްވި ތަޖުރިބާ ލިބިފައިވާ ރާއްޖޭން ބޭރުގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރި ބައްދަލުވުމުގައި  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވައިފައިވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ފަދަ ތަމްރީނުތައް ބޭއްވުމުގެ ބޭނުމަކީ ޢަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި ފަނޑިޔާރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ ފަނޑިޔާރުންގެ ޤާބިލްކަން އިތުރު ކުރުން ކަމުގައި ފާހަގަކުރަށްވާފައިވެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ހަމަޖައްސަވައިފި

Rizna 3.jpg

 

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-22 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މ. ބަނަފްސާވިލާ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ 27 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ހަމަޖައްސަވައިފިއެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ހަމަޖެއްސުމާއި ހަމައަށް އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ހުންނެވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެސިސްޓަންޓް ރެޒިޑަންޓް ރެޕްރެޒެންޓޭޓިވްގެ މަޤާމުގައެވެ. އެކަމަނާވަނީ ޤާނޫނީ ރޮނގުން އިންޑިއާގެ ބެންގަލޫރު ޔުނިވާރސިޓީއިން ބެޗްލަރ އޮފް ލޯ އަދި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަން އިން މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ޤާނޫނީ ދާއިރާއާއި، ޖުޑީޝަރީއާ ގުޅުންހުރި އެކިއެކި ތަމްރީނުތައްވެސް އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ ވަނީ ހޯއްދަވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno