PRESS RELEASE

 

Press.jpg

ޔޫ.އެން.އޯ.ޑީ.ސީ އާއި އެކު ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމްއާއި ގުޅޭ ޓްރެއިނިންގ އޮފް ޓްރެއިނާސް (ޓީ.އޯ.ޓީ) ޕްރޮގްރާމް

 

Capture10.png

ޔުނައިޓަޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކަޓިވް ޑައިރެކްޓޮރޭޓް (ޔޫ.އެން.ސީ.ޓީ.އީ.ޑީ) ގުޅިގެން ރާއްޖޭގައި 2019 ވަނަ އަހަރު ވަނީ، ކައުންޓަރ ޓެރަރިޒަމްއާ ގުޅޭގޮތުން ޖޮއިންޓް އެސެސްމަންޓެއް ކުރިއަށް ގެންގޮސްފައެވެ. މި އެސެސްމަންޓާއި ގުޅިގެން، ރާއްޖެއަށް ދެފަހަރެއްގެ މަތީން ވަނީ މިޝަންތައް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވިފައެވެ. މިގޮތުން، ދެވަނަ މިޝަންގެ މަޝްވަރާތަކުގައި، ކައުންޓަރ ޓެރަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކާއެކު ރައުންޑް ޓޭބަލް މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. 

ކައުންޓަރ ޓެރަރިޒަމް ޓްރެއިނިންގް އޮފް ޓްރެއިނާސް ޕްރޮގްރާމް (ޓީ.އޯ.ޓީ) އަކީ މި މަޝްވަރާތަކުން 2020 ގައި ތަރައްޤީވެގެން އައިސްފައިވާ ޕްރޮގްރާމެކެވެ.  

"ޓްރެއިން ދަ ޓްރެއިނަރ ވަރކްޝޮޕް ފޮރ ޖަޖަސް ފޮރ ދަ އިފެކްޓިވް އެޑްޖުޑިކޭޝަން އޮފް ޓެރަރިޒަމް ކޭސަސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އާ ގުޅޭ ތަފާތު އެސްޕެކްޓް ތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުމާއި، ޓީ.އޯ.ޓީ ޕްރޮގްރާމުން ޙާޞިލް ކުރެވޭ މަޢުލޫމާތު، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން މެދުވެރިކޮށް ދާއިރާގެ އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވަނީ ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަރާތުން ކަނޑައަޅުއްވާފައިވާ ކަމާގުޅޭ ފަންނީ މާހިރުންނެވެ.

މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެ ބުރު ކުރިއަށް ގެންދާއިރު، ޕްރޮގްރާމުގެ ފުރަތަމަ ބުރު މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވަނީ ހިންގާފައެވެ. ޖުލައި 03 އިން 05 އަށް ކުރިއަށް މި ގެންދާ ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ސުޕީރިއަރ ކޯޓުތަކުގެ ޤާޟީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިގޮތުން،  މި ޓީ.އޯ.ޓީ ޕްރޮގްރާމުގެ ދެވަނަ ވަނަ ބުރުގައި ޖުމްލަ 16 ފަނޑިޔާރުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.

ސްޕެޝަލައިޒް ޑައިލޮގް 1 ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް

 

Capture 111.PNG

 

ސްޕެޝަލައިޒް ޑައިލޮގް 1 ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް

Specialized Dialog 1 for the Judiciary of the Maldives - Fair Trial Rights in Civil Rights

މި ޕްރޮގްރާމަކީ، މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން 2021 ޖޫން 21 އިން 22 އަށް "ސްޕެޝަލައިޒް ޑައިލޮގް 1: ފެއަރ ޓްރައިލް ރައިޓްސް އިން ސިވިލް ޓްރައިލްސް" ގެ ނަމުގައި ވަރޗުއަލްކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޑައިލޮގަކީ ސިލްސިލާ ޕްރޮގްރާމް ތަކެއްގެ ގޮތުގައި، އެކި ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން މިފަހަރުގެ ޕްރޮގްރާމްގެ މަޤްޞަދަކީ، މަދަނީ މައްސަލަތައް ހުށަހެޅުމުގައި ދިމާވާ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގައި ޙުކުމް ކުރުމުގައި ރާއްޖޭގެ ފަނޑިޔާރުންގެ މެދުގައި ނޮލެޖް އާއި ތަޖުރިބާ ބަދަލު ކުރުމުގެ އިތުރުން، އިންޓަރނޭޝަނަލް އެކްސްޕަރޓް ޖަޖަސްގެ ތަޖުރިބާ ހިއްސާކުރުމެވެ.

މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ޤާޟީން އަދި މެޖިސްޓްރޭޓުން ހިމެނޭގޮތުން 27 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި މެކްސް ޕްލޭންކްގެ ކަމާބެހޭ ރިސާރޗް ބޭފުޅުންގެ އިތުރުން އެކްސްޕާޓް ޕެނަލިސްޓެއްގެ ގޮތުގައި މިސްރުގެ ކޯޓް އޮފް ކެސޭޝަން ގެ ޖަޖް، މުޙައްމަދު އަލް ތަވީލާ (Judge Mohamed El Tawila) ބައިވެރިވެ ވަޑައިގަންނަވައެވެ.

ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ޓްރެއިނިންގ

 

Capture1.PNG

މި ޕްރޮގްރާމަކީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު މުރާޖާކޮށް، ޕަބްލިޝްކުރުމާއި ގުޅިގެން މި ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސްނެންގެވުމުގެ މަތިން، ކްރިމިނަލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން، 2021 ޖޫން 14 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގެ މަޤްސަދަކީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު މުރާޖާކޮށް އަލުން ޕަބްލިޝް ކުރެވި، މި ޤަވާއިދަށް، 2021 ޖޫން 15  ވަނަ ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން މި ޤަވާއިދަށް މިހާރު އައިސްފައިވާ ބަދަލުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމްގައި އެކި ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން ޖުމްލަ 109  މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.   

އަދި މި ޕްރޮގްރާމްގެފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީއަލްއުސްތާޛު އާދަމް މުޙައްމަދާއި، ކްރިމިނަލް ކޯޓުގެ ޤާޟީއަލްއުސްތާޛު މުޙައްމަދު މިޞްބާޙްއާއި،ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބް އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފެވެ. 

 

މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ޢައްޔަން ކުރެވުނު މެޖިސްޓްރޭޓަރުންނަށް ހިންގާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް

induction.JPG

2021، މެއި 25 ވަނަ ދުވަހާއި އަދި 02 ޖޫން 2021 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ޢައްޔަން ކުރެވުނު މެޖިސްޓްރޭޓަރުންނަށް ހިންގާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް (ރައުންޑް 7)، 03 ޖޫން 2021 އިން ފެށިގެން ކުރިއަށް އެބަ ދެއެވެ. ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް ފައްޓަވައި ދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ. އެކަމަނާގެ ވާހަކަފުޅުގައި ޖުޑީޝަލް އެކެޑަމީގެ ފަރާތުން ކުރިއަށް މި ގެންދާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމަކީ އެކެޑަމީގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށާއި، އަދި މި ޕްރޮގްރާމުގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުންވެސް ފުރިހަމަ ކާމިޔާބާއެކު ޕްރޮގްރާމް ނިންމެވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، މިޕްރޮގްރާމުން ލިބޭ މަޢުލޫމާތަކީ އެންމެ ބޭނުން މަޢުލޫމާތުގެ ގޮތުގައި އަދި މިހާރު ފަނޑިޔާރުންގެ ހުރި ސްކިލްސްތައް އިތުރަށް ރިފައިން ކުރުމަށްޓަކައި ލިބިގެންދާނެ މުހިއްމު މަޢުލޫމާތުތަކަށް ވެގެންދާނޭކަން ފާހަގަ ކުރެއްވިއެވެ.

ޖުޑީޝަލް އެކެޑަމީގެ ފަރާތުން 03 ޖޫން އިން 13 ޖުލައި 2021 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ކުރިން ފުރިހަމަ ކުރައްވަންޖެހޭ ކޯޓުއެޓޭޗްމަންޓް އެންޑް މެންޓޯޝިޕް، މޮކްޓްރައަލްސް އަދި ޕްރެކްޓިކަލް ސެޝަންތަކުގެ އިތުރުން މުހިއްމު ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ތިއަރީ ސެޝަންތައްކާއި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއެކު ބާއްވާ އިންޓޮރޮޑަކްޓަރީ މީޓިންގ ސެޝަންތައް ކަވަރ ކުރެވޭނެއެވެ. އިންޑަކްޝަން ޕްރޮގްރާމުގެ ތިއަރީ ސެޝަންތަކާއި އިންޓްރޮޑަކްޓަރީ މީޓިންގ ސެޝަންތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. 

ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމުގެ 7 ވަނަ ރައުންޑުގައި ބައިވެރިވެވަޑައިގަންނަވާ މެޖިސްޓްރޭޓުންނަކީ 25 މެއި 2021 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރެވުނު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރު އާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އެވެ. އަދި މީގެ އިތުރުން، 02 ޖޫން 2021 ވަނަ ދުވަހު، ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރެވުނު އެކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙާމިދު ރަޝީދު އެވެ. 

ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކުގެ ތެރެއިން 3 ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

agreement.JPG

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ފާތިމަތު އިމްތިސާލް ސަޢުދުﷲއެވެ.

4،767،379.17 ރ. (ހަތަރު މިލިއަން ހަތްލައްކަ ފަސްދޮޅަށް ހަތްހާސް ތިންސަތޭކަ ހަތްދިހަނުވަ ރުފިޔާ ސަތާރަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،921،880.00 ރ. (ހަތަރު މިލިއަން ނުވަލައްކަ އެކާވީސްހާސް އައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތާގުޅޭ؛

2021 ވަނަ އަހަރަށް ޖުޑިޝަރީ ދާއިރާއަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލި މަނިކްއެވެ.

4،916،580 ރ. (ހަތަރު މިލިއަން ނުވަލައްކަ ސޯޅަހާސް ފައްސަތޭކަ އައްޑިހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޑީޖޭއޭގެ މުވައްޒަފުންނަށް ބޭއްވި މަޢުލޫމާތު ސެޝަން

mental wellbeing.jpg

ޑީޖޭއޭގެ އިސްނެންގެވުމުގެ މަތިން ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން އިން މިއަދު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ޑީޖޭއޭގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް  ބާއްވާފައެވެ. މި ސެޝަނަކީ ކޮވިޑް19 ގެ ޙާލަތާ ގުޅިގެން ގޭގައި މަސައްކަތް ކުރުމުގައާއި މި ދަތި އުނދަގޫ ދުވަސްކޮޅުގައި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމަތު ދިނުމުގެ ގޮތުން ބާއްވާފައިވާ ސެޝަނެކެވެ. މީގެ އިތުރުން މިފަދަ އެކި އެކި ސެޝަންތައް މުޅި ޖުޑިޝާރީއަށް ބަހާލައިގެން ހިންގުމަށް ވަނީ ރޭވިފައެވެ.

ޑީޖޭއޭގެ މުވައްޒަފުންގެ މެދުގައި ބޭއްވި ޤުރުއާން މުބާރާތް

38144 (1).jpg

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ޑީޖޭއޭގެ މުވައްޒަފުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސެވުމުގެ ގޮތުންނާއި އެކުވެރިކަން އާލާކުރެއްވުމުގެ ގޮތުން ޤުރުއާން މުބާރާތެއް ބާއްވައިިފި.

ޙާއްސަ ދަންނަވާލުމެއް

Presentation1.jpg

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno