|
Friday, 27 January 2012 17:17 |
|
|
|
|
Monday, 16 January 2012 20:23 |
|
ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އަދާކުރައްވާ ފަނޑިޔާރުންގެ މަސައްކަތަށް އަމިއްލަ ފަރުދަކު ވިޔަސް، އަދި ދައުލަތުގެ މުއައްސަސާއަކުން ވިޔަސް އެއްވެސްކަހަލަ ނުފޫޒެއް ފޯރުވައި ހެދުމަކީ ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެކެވެ. ފަނޑިޔާރުންނާއި، ކޯޓުތަކުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށާއި، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގައި ވަނީ ޞަރީޙަ ބަހުން ބަޔާންވެފައެވެ. ހަމައެފަދައިން، ކޯޓުތަކާއި ފަނޑިޔާރުންގެ ޙުރުމަތް ރައްކާތެރިކޮށްދިނުމާއި، ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށްވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޤާނޫނުގައި ވަނީ ކަނޑައެޅިފައެވެ. އެހެންކަމުން އެ ޒިންމާގެ މައްޗަށް ހުރިހާ ފަރާތްތަކަކުންވެސް ރައްކާތެރިވެ، ސަމާލުވުމަކީ ޤައުމީ މަޞްލަޙަތާއި، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަންތަކެވެ.
ހަމައެފަދައިން، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން، ނުވަތަ އެނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާން ކުރެވިފައެވެ.
މި ބަޔާންކުރެވުނު އުޞޫލުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، މިނިވަން، ޑިމޮކްރެޓިކް، އަދި ތަހުޒީބީ އެންމެހައި މުޖުތަމަޢުތަކެއްގައި އެ އުޞޫލުތަކެއް ބަލައިގަނެވިފައިވާ އުޞޫލުތަކެވެ. މިފަދަ އުޞޫލުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ ޤާނޫނުގެ ބާރު ދެމެހެއްޓުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ޒިންމާތައް ހުރިހާ ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭނޭ ފަދަޔަކުން އަދާކުރުމަށް އެކަށޭނަ މާޙައުލެއް ޤާއިމު ކުރުމެވެ. މި އުޞޫލުތައް މުގުރައިލެވޭ ވަގުތަކީ ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އަނދިރި، އެންމެ ބަނަ ދަނޑިވަޅެވެ. ޤާނޫނުގެ ބާރު ކަނޑުވާލެވި، ޢަދުލުއިންޞާފު ޤާއިމުކުރާ ފަރާތުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މުޖުތަމަޢު އެ އަސާސީ މަންބަޢުތަކެއްގެ މައްޗަށް ބިނާވެގެންވާ މަންބަޢުތައް ފުނޑުފުނޑުވެގެން ދިޔުމެވެ. އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅުމެވެ. ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ޝައްކު އުފެދުމެވެ. މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދުމެވެ. ކަންމިހެން އޮތުމާއެކު، އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލި،ފަނޑިޔާރުންގެ ޙުރުމަތް ކެނޑިގެންދާފަދަ ގޮތްގޮތަށް، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލެވޭ ފަދަ ގޮތްގޮތަށް ކުރައްވާ ކަންކަމަކީ ޤަބޫލުކުރެވޭނޭ ކަންކަމެއް ނޫނެވެ.
16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޢަސްކަރިއްޔާގެ ފަރާތުން ޢަމަލުކުރައްވާފައިވާ ގޮތާމެދު އަޅުގަނޑު ނިހާޔަތަށް ކަންބޮޑުވަމެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމާއި، ޙުރުމަތަށް ރައްކާތެރިވެވަޑައިގަތުމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުތަކުގެ އިމުގެ ތެރޭގައި ޢަސްކަރިއްޔާގެ ފަރާތުން ޢަމަލުކުރެއްވުމަށް ގޮވާލަމެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުގައެވެ. ޤާނޫނުގެ ބާރު ދަމަހައްޓައި، ޢަދުލުއިންޞާފު ޤާއިމުކުރާ ބާރުގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައެވެ. އަދި މިނިވަން، ޑިމޮކްރެޓިކް، ތަހުޒީބީ މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމު ދެމެހެއްޓުމަށް ޓަކައެވެ.
އެހެންކަމުން ޢަސްކަރިއްޔާގެ ފަރާތުން 16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހައްޔަރުކުރައްވާފައިވާ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ވަގުތުން މިނިވަން ކުރުމަށް އަޅުގަނޑު ގޮވާލަމެވެ.
22 ޞަފަރު 1433
16 ޖެނުއަރީ 2012
އަޙްމަދު ފާއިޒް ޙުސައިން
|
|
Saturday, 10 December 2011 08:27 |
ދ. މީދޫގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ޢިމާރާތްކުރާ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރުމުގެ މަސައްކަތް މަލަހާ ކާޕެންޓްރީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި 07 ޑިސެންބަރު 2011 ވަނަ ދުވަހު ސޮއިކުރައްވައިފިއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Tuesday, 22 November 2011 07:08 |
|
2010ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 25 އިންސައްތަ ދަށަށް ހިނގައްޖެއެވެ. ޝަރްޢީދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2009 ވަނަ އަހަރު މާލެއާއި އަތޮޅުތަކުގެ ކޯޓުތަކަށް 4096 ޖިނާއީ މައްސަލަ ހުށަހެޅިފައިވާއިރު 2010ވަނަ އަހަރު ހުށަހެޅިފައިވަނީ 3057 މައްސަލައެވެ. 2009ވަނަ އަހަރާ އަޅާބަލާއިރު އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 1433 މައްސަލައިން 900 މައްސަލައަށް ދަށްވެފައިވާއިރު މާލޭގައި ޤާއިމް ކުރެވިފައިވާ ސްޕީރިއާކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 2661 އިން 2157 އަށް ވަނީ މަދުވެފައެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Monday, 17 October 2011 16:17 |
|
ޖުޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ބައްދަލުވުން 2011 މިއަދު ނިމިއްޖެއެވެ. 15 ޖުޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުން ކުރިއަށްދިޔައީ 12 ސެޝަނަކަށް ބަހާލައިގެންނެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޝަރުޢީދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތް ހަލުއިކޮށް ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތަކާ ބެހޭގޮތުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވާ އިދާރީ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Friday, 14 October 2011 17:45 |
|
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓް އެޑްމިނިސްޓްރޭޓަރުންގެ ބައްދަލުވުން މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Thursday, 15 September 2011 07:27 |
ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންނަށް ސެޓްފިކެޓް ދެއްވައިފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން ހިންގެވި ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ ބައިވެރީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު 10 ސެޕްޓެމްބަރު 2011 ވީ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ހޯލުގައެވެ.
ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 ގައި ފެށުނު ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއެވެ. މިރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި މާލޭގެ ސުޕީރިއަރ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ހާޒިރުވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ކުއްލިއްޔާގެ ރެކްޓަރ އެމެރެޓަސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއާއި ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވާހަކަފުޅު ދެއްކެވިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ގުޅިގެން ހިންގެވި ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ކޯހަކީ ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަވާ ކޯހެކެވެ. މިއީ މިޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރެވުނު ފުރަތަމަ ބެޗެވެ. މި ބެޗުގައި 23 ބޭފުޅަކު ގްރެޖުއޭޓް ވެވަޑައިގެންފައި ވެއެވެ. |
|
Monday, 25 July 2011 11:27 |
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ މުއައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ސެޓިފިކެޓް އިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ 3 އަދި 4 އިން ފާސްވި މުއައްޒަފުންނަށް ހަނދާނީލިޔުމާއި ޓްރޮފީ ދީފިއެވެ. މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންއެވެ. މިއީ ޝަރުޢީދާއިރާގެ އިދާރީ މުއައްޒަފުންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓާއި ކްލިކް ކޮލެޖާއި ގުޅިގެން ހިންގާ ކޯހެކެވެ. ކޯހުގެ މަޤްސަދަކީ ޝަރުޢީދާއިރާގެ މުއައްޒަފުން މިދާއިރާއަށް އިތުރަށް އަހުލުވެރިކުރުވުމާއި މަސައްކަތަށް ޤާބިލްބަޔަކަށް ހަދައި ތަމްރީނުކުރުމުގެ ބޭނުމުގައެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Monday, 25 July 2011 11:16 |
|
މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ގާއިމުކުރެވުމާ އެކު، މާފުށި މެޖިސްޓްރޭޓް ކޯޓާއި މާލޭގައި ހުންނަ ކްރިމިނަލް ކޯޓު ވީޑިއޯ ލިންކަކުން ގުޅާލައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގެވި މި މަޝްރޫއުގެ ދަށުން ގާއިމުކުރެވުނު މި ވީޑިއޯ ލިންކަކީ ދިވެހި ރާއްޖޭގައި ގާއިމު ކުރެވުނު މިފަދަ ފުރަތަމަ ލިންކެވެ.
މި ވީޑިއޯ ލިންކްގެ ބޭނުމަކީ ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް ޓަކައި ހައްޔަރުކުރެވޭ މީހުން ބަންދުގައި ބެއިތިއްބުން/ބަންދުގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ޓަކައި އެމީހުން ވީޑިއޯ ލިންކްގެ ޒަރީއާއިން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ކުރިފުޅުމައްޗަށް ހުށަހެޅުމެވެ. އެގޮތުން ބަންދުގައި ބަހައްޓަން ފުލުހުން އެދޭ މީހާ މާފުށީ ކޯޓުގެ ވީޑިއޯ ލިންކް ކޯޓްރޫމަށް ހާޒިރު ކުރުމަށް ފަހު، ވީޑިއޯ ލިންކް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ކޯޓްރޫމުގައި އިންނަވާ ގާޒީ މައްސަލަ އަޑު އައްސަވައި، ބަންދާ މެދު ގޮތެއް ނިންމަވާނެއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
Friday, 22 July 2011 00:00 |
|
ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މި މަހުގެ 21 ވަނަ ދުވަހު ބާއްވަވައިފިއެވެ. ހުޅުއްވައިދެއްވީ 21 ޖުލައި ވީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގައި މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ ގޯތިތެރޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މާފުށީ ކޯޓުގެ އާ އިމާރާތް ހުޅުއްވައިދެއްވީ ދިވެހި ރާއްޖޭގެ ޗީފް ޖަސްޓިސް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ދިވެހި ރާއްޖޭގެ ޕްރޮސެކިޔުޓަރ ޖެނެރަލް އަލްއުސްތާޛު އަޙުމަދު މުޢިއްޒާއި، މާލޭގެ ސުޕީރިއަރ ކޯޓުތަކުގެ ބައެއް ގާޒީންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް އަޙުމަދު މަނިކާއި އަދި ޑިޕާޓްމަންޓުގެ ބައެއް އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
|
|
އިތުރަށް ވިދާޅުވުމަށް...
|
|
|
|
|
|
|
Page 1 of 16 |