1 2 3 4 5
 
ޖުޑީޝަރީގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ކޯހެއް ފަށައިފި PDF Print
Sunday, 13 May 2012 10:19

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، "ކަސްޓަމަރ ސާރވިސް" ގެ ނަމުގައި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހުނަރުތައް ތަރައްޤީ ކޮށްކުރިއެރުވުމުގެ މަޤުޞަދުގައި ކޯހެއް ފަށައިފިއެވެ. މި ކޯސް އިންތިޒާމު ކުރައްވައި ކުރިޔަށް ގެންދަވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

13 މެއި 2012 ވަނަދުވަހު ފެށުނު މި ކޯހުގެ ސެޝަންތައް ކުރިޔަށް ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ 15:15 އިން ފެށިގެން 18:00 އަށް ކުރިޔަށް ގެންދާ މި ކޯސް ކުރިޔަށްދަނީ ފޯކަސް އެޑިއުކޭޝަން ސެންޓަރާ ގުޅިގެންނެވެ.

"ކަސްޓަމަރ ސަރވިސް" މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާލޭގެ ހުރިހާ ކޯޓުތަކަށާއި، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުއައްޒަފުންނަށް ވަނީ ހުޅުވާލެވިފައެވެ. ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިޔަށްދާ ސެޝަނުގައި 20 މުއައްޒަފުން ބައިވެރިވެއެވެ. ކޯހުގެ މުއްދަތަކީ 1 ހަފުތާއެވެ.

 
ޖުޑީޝަރީގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި PDF Print
Tuesday, 08 May 2012 07:47

 

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، "އޮފީސް ދިވެހި" މި ނަމުގައި، ދިވެހި ބަހުގެ ހުނަރުތައް ތަރައްޤީ ކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ކޯހެއް ފަށައިފިއެވެ. މި ކޯސް އިންތިޒާމު ކުރައްވައި ކުރިޔަށް ގެންދަވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

6 މެއި 2012 ވީ އާދީއްތަ ދުވަހު ފެށުނު މި ކޯހުގެ ސެޝަންތައް ކުރިޔަށް ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކުރިޔަށް ގެންދާ މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ދިވެހި ބަހުގައި ސުކުން ކުރެވޭ ގޮތް، ދިވެހި ބަހުގެ ލިޔެކިޔުމުގެ ބަހުރުވަ، ދިވެހި ބަހުން ޢިބާރާތް ކުރުން، އަދި ވާހަކަދެއްކުމުގެ ފަންނު ހިމެނެއެވެ.

"އޮފީސް ދިވެހި" މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށާއި، އަދި ޑިޕާޓްމަންތް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުއައްޒަފުންނަށް ވަނީ ހުޅުވާލެވިފައެވެ. ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިޔަށްދާ ސެޝަނުގައި 22 މުއައްޒަފުން ބައިވެރިވެއެވެ. ކޯހުގެ މުއްދަތަކީ 3 ހަފުތާއެވެ.

"އޮފީސް ދިވެހި" މި ކޯހުގައި ބައިވެރީންނަށް އިރުޝާދު ދެއްވަނީ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ. މި ދެބޭފުޅުންނަކީ ދިވެހި ބަހުގެ އުސްތާޒުންގެ ގޮތުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ.

 
ޖުޑީޝަރީގެ މުވައްޒަފުންނަށް ޓީބީއާބެހޭ މަޢުލޫމާތު ދެއްވައިފި PDF Print
Monday, 07 May 2012 10:47

ޖުޑީޝަރީގެ މުވައްޒަފުންނަށް ޓީބީއާއި ބެހޭ މަޢުލޫމާތު ދެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ހިންގަވައިފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގެވި މި ޕްރޮގްރާމް އޮތީ 05 މެއި 2012 ވީ ހޮނިހިރު ދުވަހުގެ 11:00 އިން 12:30 އަށެވެ. މި ޕްރޮގްރާމުގައި ބައިވެރީންނަށް މަޢްލޫމާތު ދެއްވީ އައި.ޖީ.އެމް.އެޗް ގެ ޑޮކްޓަރ ނާދިޔާއެވެ.

އައި.ޖީ.އެމް.އެޗް. ގެ ލެކްޗަރ ހޯލުގައި ބޭއްވުނު މި ޕްރޮގްރާމުގައި ޖަސްޓިސް ބިލްޑިންގ ގައި ހިމެނޭ އެންމެހައި އިދާރާތަކުގެ މުއައްޒަފުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މުއައްޒަފުންނާއި، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުއައްޒަފުން ބައިވެރި ވެފައިވެއެވެ. މި ޕްރޮގްރާމަށް ފަހު، ޓީބީ އަށް ސްކްރީން ކުރައްވަން ބޭނުންފުޅު ބޭފުޅުންނަށް އެ ފުރުސަތު ވެސް ހުޅުވާލެވިފައި ވެއެވެ.

މި ޕްރޮގްރާމް ހިންގިފައި ވަނީ ކްރިމިނަލް ކޯޓަށް ޙާޟިރު ކުރެވުނު ޤައިދީއެއްގެ ފަރާތުން، ކޯޓުގެ ބައެއް މުއައްޒަފުންނަށް ޓީބީ ޖެހުމާ ގުޅިގެން، ޓީބީއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމާއި، އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.

 
މެޖިސްޓްރޭޓުންނަށް ހިންގާ ޝަރީޢަތާއި ޤާނޫނުގެ ޑިގްރީކޯސް ފަށައިފި PDF Print
Monday, 30 April 2012 02:54

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން މެޖިސްޓްރޭޓުންނަށް އަމާޒުކުރައްވައިގެން ހިންގަވާ ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯސް 26 އޭޕްރިލް 2012 ގައި ފެށިފައިވާކަމަށް ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
އުއްތަމަ ފަނޑިޔާރު ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައިފި PDF Print
Tuesday, 28 February 2012 06:59

 ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ޑްރަގް ކޯޓަށް ޢައްޔަން ކުރެވުނު ފަނޑިޔާރުންނާ ބައްދަލުކުރައްވައިފިއެވެ. 27 ފެބުރުއަރީ ވީ ހޯމަ ދުވަހުގެ ހެނދުނު، އުއްތަމަ ފަނޑިޔާރު ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައެވެ.

މި ބައްދަލުވުމުގައި ޑްރަގް ކޯޓަށް ޢައްޔަން ކުރެވުނު ފަސް ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރާއި، އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރާއި، އަލްއުސްތާޛު ޒުބައިރު މުޙައްމަދާއި، އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، އަލްއުސްތާޛު މުޙައްމަދު ޢީސާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް އަޙްމަދު މަނިކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސްވެރީންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޑްރަގް ކޯޓު ހިންގުމާ ބެހޭ ޤަވާޢިދުތައް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްދެއްވުން އެދިވަޑައިގަތެވެ.

އިއްޔެގެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ދެއްކެވި ވާހަކަފުޅުގައި، ޑްރަގް ކޯޓު ހިންގާނެ ޢިމާރާތެއް މީގެ ދިހަ ވަރަކަށް ދުވަސް ކުރީން ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށާއި، އެ ޢިމާރާތުގެ އާބާތުރަ ފިލުވައި، ކޯޓު ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ބެހޭ ޢަމަލީ މަސައްކަތްތަކާއި އިދާރީ މަރުޙަލާތައް ވީހައި އަވަހަކަށް ފުރިހަމަކުރައްވައި، ކޯޓު ހިންގާ ޢިމާރާތް ބޭނުންކުރަން ފެށޭވަރު ވާނެކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ.

ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޯޓުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތަކެއް ވަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ފަސްވަނަ ބާބުގެ ދަށުން އުފައްދާފައިވާ ޑްރަގް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރެއްވުމަށްފަހު، ފަނޑިޔާރުން ހުވައި ކުރައްވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި، ކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް، ކޯޓު ހިންގުމަށް ބޭނުންވާ ޤަވާޢިދުތައް ހަދައި ޢާއްމުކޮށް އިޢުލާންކުރަން ވާނެއެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 31 ޑިސެންބަރު 2011 ގައެވެ.

ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އަލަށް އުފެއްދިފައިވާ ކޯޓެކެވެ. ސުޕީރިއަރ ކޯޓެއްގެ ދަރަޖައިގެ މި ކޯޓު ޤާއިމުވެހުންނާނީ މާލޭގައެވެ. ކޯޓުގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްކުށާ ބެހޭ މައްސަލަތަކެވެ. މި މައްސަލަތަކަކީ ކުރީން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނުނު މައްސަލަތަކެވެ. ނަމަވެސް ޑްރަގް ކޯޓު އުފެދުމާ ގުޅިގެން، މި ބާވަތުގެ މައްސަލަތަކެއް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަކުން ދެން ނުބަލާނެއެވެ.

 

 
27 ޖެނުއަރީ 2012 ގައި އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާން PDF Print
Friday, 27 January 2012 17:17
 
18 ޖެނުއަރީ 2012 ވީ ބުދަ ދުވަހު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާން PDF Print
Wednesday, 18 January 2012 14:49

 

ބަޔާން ވިދާޅުވުމަށް ކްލިކްކޮށްލައްވާ!

 
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ބަޔާން PDF Print
Monday, 16 January 2012 20:23

 

ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އަދާކުރައްވާ ފަނޑިޔާރުންގެ މަސައްކަތަށް އަމިއްލަ ފަރުދަކު ވިޔަސް، އަދި ދައުލަތުގެ މުއައްސަސާއަކުން ވިޔަސް އެއްވެސްކަހަލަ ނުފޫޒެއް ފޯރުވައި ހެދުމަކީ ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެކެވެ. ފަނޑިޔާރުންނާއި، ކޯޓުތަކުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށާއި، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގައި ވަނީ ޞަރީޙަ ބަހުން ބަޔާންވެފައެވެ. ހަމައެފަދައިން، ކޯޓުތަކާއި ފަނޑިޔާރުންގެ ޙުރުމަތް ރައްކާތެރިކޮށްދިނުމާއި، ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށްވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޤާނޫނުގައި ވަނީ ކަނޑައެޅިފައެވެ. އެހެންކަމުން އެ ޒިންމާގެ މައްޗަށް ހުރިހާ ފަރާތްތަކަކުންވެސް ރައްކާތެރިވެ، ސަމާލުވުމަކީ ޤައުމީ މަޞްލަޙަތާއި، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަންތަކެވެ.

 

ހަމައެފަދައިން، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން، ނުވަތަ އެނޫންވެސް ޙާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާން ކުރެވިފައެވެ.

 

މި ބަޔާންކުރެވުނު އުޞޫލުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، މިނިވަން، ޑިމޮކްރެޓިކް، އަދި ތަހުޒީބީ އެންމެހައި މުޖުތަމަޢުތަކެއްގައި އެ އުޞޫލުތަކެއް ބަލައިގަނެވިފައިވާ އުޞޫލުތަކެވެ. މިފަދަ އުޞޫލުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ ޤާނޫނުގެ ބާރު ދެމެހެއްޓުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ޒިންމާތައް ހުރިހާ ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭނޭ ފަދަޔަކުން އަދާކުރުމަށް އެކަށޭނަ މާޙައުލެއް ޤާއިމު ކުރުމެވެ. މި އުޞޫލުތައް މުގުރައިލެވޭ ވަގުތަކީ ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އަނދިރި، އެންމެ ބަނަ ދަނޑިވަޅެވެ. ޤާނޫނުގެ ބާރު ކަނޑުވާލެވި، ޢަދުލުއިންޞާފު ޤާއިމުކުރާ ފަރާތުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކަންކަން އެއްވެސް ފަރާތަކުން ކުރުމަކީ މުޖުތަމަޢު އެ އަސާސީ މަންބަޢުތަކެއްގެ މައްޗަށް ބިނާވެގެންވާ މަންބަޢުތައް ފުނޑުފުނޑުވެގެން ދިޔުމެވެ. އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް  ކުރެވޭ  މަސައްކަތަށް  ހުރަސް  އެޅުމެވެ. ރައްޔިތުންގެ  ހިތްތަކުގައި  ނުތަނަވަސްކަމާއި  ޝައްކު އުފެދުމެވެ. މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދުމެވެ. ކަންމިހެން އޮތުމާއެކު، އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް  ލިބިދީފައިވާ  ރައްކާތެރިކަން  ގެއްލި،ފަނޑިޔާރުންގެ ޙުރުމަތް ކެނޑިގެންދާފަދަ ގޮތްގޮތަށް، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލެވޭ ފަދަ ގޮތްގޮތަށް ކުރައްވާ ކަންކަމަކީ ޤަބޫލުކުރެވޭނޭ ކަންކަމެއް ނޫނެވެ.

 

16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޢަސްކަރިއްޔާގެ ފަރާތުން ޢަމަލުކުރައްވާފައިވާ ގޮތާމެދު އަޅުގަނޑު ނިހާޔަތަށް ކަންބޮޑުވަމެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމާއި، ޙުރުމަތަށް ރައްކާތެރިވެވަޑައިގަތުމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުތަކުގެ އިމުގެ ތެރޭގައި ޢަސްކަރިއްޔާގެ ފަރާތުން ޢަމަލުކުރެއްވުމަށް ގޮވާލަމެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުގައެވެ. ޤާނޫނުގެ ބާރު ދަމަހައްޓައި، ޢަދުލުއިންޞާފު ޤާއިމުކުރާ ބާރުގެ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައެވެ. އަދި މިނިވަން، ޑިމޮކްރެޓިކް، ތަހުޒީބީ މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމު ދެމެހެއްޓުމަށް ޓަކައެވެ.

 

އެހެންކަމުން ޢަސްކަރިއްޔާގެ ފަރާތުން 16 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހައްޔަރުކުރައްވާފައިވާ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ވަގުތުން މިނިވަން ކުރުމަށް އަޅުގަނޑު ގޮވާލަމެވެ.

 

22 ޞަފަރު 1433

16 ޖެނުއަރީ 2012

 

އަޙްމަދު ފާއިޒް ޙުސައިން

 

 
ދ. މީދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި PDF Print
Saturday, 10 December 2011 08:27

ދ. މީދޫގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ޢިމާރާތްކުރާ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރުމުގެ މަސައްކަތް މަލަހާ ކާޕެންޓްރީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި 07 ޑިސެންބަރު 2011 ވަނަ ދުވަހު ސޮއިކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 25 އިންސައްތަ، އަދި ނިންމި މައްސަލަތަކުގެ ޢަދަދު 29 އިންސައްތަ ދަށަށް ހިނގައްޖެ PDF Print
Tuesday, 22 November 2011 07:08

2010ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 25 އިންސައްތަ ދަށަށް ހިނގައްޖެއެވެ. ޝަރްޢީދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2009 ވަނަ އަހަރު މާލެއާއި އަތޮޅުތަކުގެ ކޯޓުތަކަށް 4096 ޖިނާއީ މައްސަލަ ހުށަހެޅިފައިވާއިރު 2010ވަނަ އަހަރު ހުށަހެޅިފައިވަނީ 3057 މައްސަލައެވެ. 2009ވަނަ އަހަރާ އަޅާބަލާއިރު އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 1433 މައްސަލައިން 900 މައްސަލައަށް ދަށްވެފައިވާއިރު މާލޭގައި ޤާއިމް ކުރެވިފައިވާ ސްޕީރިއާކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު 2661 އިން 2157 އަށް ވަނީ މަދުވެފައެވެ.

އިތުރަށް ވިދާޅުވުމަށް...
 
ޖުޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓަރޭޓަރުންގެ ބައްދަލުވުން 2011 ނިމިއްޖެ PDF Print
Monday, 17 October 2011 16:17
 

ޖުޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ބައްދަލުވުން 2011 މިއަދު ނިމިއްޖެއެވެ. 15 ޖުޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުން ކުރިއަށްދިޔައީ 12 ސެޝަނަކަށް ބަހާލައިގެންނެވެ.  މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޝަރުޢީދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތް ހަލުއިކޮށް ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތަކާ ބެހޭގޮތުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވާ އިދާރީ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމެވެ.

އިތުރަށް ވިދާޅުވުމަށް...
 
« StartPrev12345678910NextEnd »

Page 1 of 17