ޖުޑީޝަލް އެކެޑަމީއާއި މެކްސް ޕްލޭންކް ފައުންޑޭޝަނާ ގުޅިގެން ފެއަރ ޓްރައިލް ރައިޓްސް އިން ކްރިމިނަލް ޓްރައިލްސް: ސްޕެޝަލައިޒްޑް ޑައިލޮގް ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް -2 ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ޖުޑީޝަލް އެކެޑަމީ އާއި މެކްްސް ޕްލޭންކް ފައުންޑޭޝަނާ ގުޅިގެން ފެއަރ ޓްރައެލް ރައިޓްސް އިން ކްރިމިނަލް ޓްރައެލްސް: ސްޕެޝަލައިޒްޑް ޑައިލޮގް ފޯރ ދަ ޖުޑިޝަރީ އޮފް ދަ މޯލްޑިވްސް -2 ގެ ނަމުގައި 2 ދުވަހުގެ ޑައިލޮގް ޕްރޮގްރާމެއް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މި ޑައިލޮގް ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން 2021 ޑިސެންބަރު 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް، އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މެކްސް ޕްލޭންކާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޤާނޫނީ އެކި ދާއިރާތަކަށް އަމާޒުކޮށް، ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްމެކެެވެ. މިފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ޖިނާޢީ މައްސަލަތަކަށެވެ. އަދި މިއީ މިއަހަރު ކުރިއަށް ގެންދާ މިފަދަ 2 ވަނަ ޕްރޮގްރާމެވެ.

ފެއަރ ޓްރައެލް ރައިޓްސް އިން ކްރިމިނަލް ޓްރައެލްސް ގެ މަޤްޞަދަކީ، ޖުޑުޝަރީގެ އެކި ފަންތީގައި މަސައްކަތްކުރައްވާ ފަނޑިޔާރުންގެ މެދުގައި ޖިނާޢީ އަޑުއެހުންތަކާ ގުޅޭގޮތުން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ފަނޑިޔާރުންގެ މިފަދަ މަސައްކަތްތަކުގައި ޢާއްމުކޮށް ދިމާވާ މައްސަލަތަކާ ކުރިމަލތިލާނެ ގޮތްތަކާއި އެފަދަ ކަންތައްތަކުގައި ކަމާގުޅޭ ބޭރުގެ މާހިރުންގެ އިލްމާއި ތަޖުރިބާއާ އަދި ތަފާތު ނަޒަރިއްޔާތުތައް ހިއްޞާކުރުމެވެ. މި ޕްރޮގްރާމްގައި ސުޕިރިއާ ކޯޓުތަކާއި މެޖިސްޓްރްޓް ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭގޮތައް ޖުމްލަ 29 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ޕްރޮގްރާމުގައި އިންޓަނޭޝަނަލް އެކްސްޕާޓެއްގެ ގޮތުގައި، ފޯމަރ ޗީފް ޖަސްޓިސް، ހައިކޯޓް އޮފް ޖައްމު ކަޝްމީރް، ފޯމަރ އެކްޓިންގ ޗީފް ޖަސްޓިސް، އެންޑް ޖަޖް، ހައި ކޯޓް އޮފް ނިއު ދިއްލީ، ޖަސްޓިސް ގީތާ މިއްތަލް ބައިވެރިވެވަޑައިގަތެވެ. އަދި ދިވެހިރާއްޖޭގެ ކޮންޓެކްސްޓް ކިޔައިދެއްވުމުގައި ކްރިމިނަލް ކޯޓްގެ ގާޟީ އަލްއުސްތާޛް ޞަފްޢަތު ޙަބީބް އާއި ގާޟީ ދީބާނާޒް ފަހުމީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.