ފަނޑިޔާރުގޭގެ ވިޜަން

ގާނޫނީ ހުކޫމަތު ނަގަހައްޓައި، ފަސޭހަކަމާއި އަދި ހަލުވިކަމާ އެކު މަތީ ފެންވަރުގެ އިންސާފު ފޯރުކޮށްދިނުމާއި އަދުލު އިންސާފުގެ ހިދުމަތް ތަރައްގީކުރުމުގައި ދެމިތިބުން.

 

ފަނޑިޔާރުގޭގެ މިޝަން
ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ދަމަހައްޓައި، ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް، ޖަވާބުދާރީކުރެވޭ، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، އަވަސްކަމާއި، ފަސޭހަކަމާއެކު އަދުލު އިންސާފަށް ވާސިލުވުމުގެ މަގު ފަސޭހަކުރުމާއެކު އަދުލު އިންސާފު ގާއިމުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބުން.