ތާރީޚް

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން އިންތިޒާމު ކުރެވެމުން އައިގޮތް:

 

  • 2015: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ޙަސަން ސަޢީދު ޙުސައިން ހަމަޖެއްސެވުން.
  • 2013: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމުގައި ހުންނެވި އިބްރާހީމް އަޙްމަދު މަނިކު މަގާމުން ވަކިވުން.
  • 2011: 14 މާޗް 2011 ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 90، 91، 92، 93 އަދި94 ވަނަ މާއްދާ އުވާލައިކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންދެވުން.
  • 2010: 21 އޮކްޓޯބަރ 2010 ގައި ޤާނޫނު ނަންބަރު 2010/22 "ދިވެހިރާއްޖޭގެ ޤާނޫނު" ގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަލުން އުފެއްދުން.
  • 2009: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމަށް އިބްރާހީމް އަޙްމަދު މަނިކު ހަމަޖެއްސެވުން.
  • 2008: 2 ޑިސެމްބަރު 2008 ގައި ސުޕްރީމް ކޯޓުގެ ނަންމަބރު 2008/SC-RU/01 ރޫލިންގް އިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެންދެވުން.
  • 2008: 1 އޮކްޓޯބަރ 2008 ގައި ޤާނޫނު ނަންބަރު 2008/10 "ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުޑީޝަލް ސަރވިސަސް އުވާލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން.
  • 2008: މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަޞްދީޤުކުރެއްވުމާ ގުޅިގެން 07 އޯގަސްޓް 2008ގައި މިނިސްޓްރީ އޮފް ޖަސްޓިސް އުވާލުން. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް އުފެއްދުން
  • 1996: މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުން
  • 1993: މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަމަށް ބަދަލުކުރުން.
  • 1968: މަޙްކަމަތުއް ޝަރުޢިއްޔާގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ބަދަލުކުރެއްވުން.
  • 1934: ވުޒާރަތުލް ޙައްޤާނިއްޔާ ގެ ނަން، މަޙުކަމަތުއް ޝަރުޢިއްޔާއަށް ބަދަލުކުރެއްވުން.
  • 1932: ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެ ވުޒާރަތުލް ޙައްޤާނިއްޔާ (މިނިސްޓްރީ އޮފް ޖަސްޓިސް) އުފެއްދެވުން. އަދި ވަޒީރުލް ޙައްޤާނިއްޔާގެ ގޮތުގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީން އިސްކުރެވުނެވެ