ޖުޑީޝަލް އިނޮވޭޝަން ލެބް

jlab

ޖުޑީޝަލް އިނޮވޭޝަން ލެބް ޕްރޮޖެކްޓަކީ ޝަރުޢީދާއިރާގެ އަލަށް ތަޖުރިބާކުރާ ކަންތައްތައް ދިރާސާކޮށް ވަޒަން ކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ލަފާފުޅާ އެއްގޮތަށް ހިންގޭ ޕްރޮޖެކްޓެކެވެ.

ޖުޑީޝަލް އިނޮވޭޝަން ލެބްގައި މިހާރު މައިގަނޑުގޮތެއްގައި މަސައްކަތް ކުރަމުންދަނީ:

-ކޯޓުގެ ބެކްލޮގް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާގުޅޭ މަސައްކަތް

-ޤައުމީ ފެންވަރުގައި ކޭސް ކްލިއަރެންސް ރޭޓް މަތިކޮށް މައްސަލަތައް ނިންމާ މިންވަރު މިހާރަށްވުރެން މަތިކުރުމުގެ މަސައްކަތާއި

-ޢަދުލު އިންޞާފު ލިބިގަތުމާއި ޢަދުލު އިންޞާފަށް ވާސިލުވުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ހިންގޭ ޖުޑީޝަލް ކްލިނިކްގެ މަސައްކަތާއި

-ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ޝަރުޢީދާއިރާއާ ގުޅޭ މަޢުލޫމާތު ދިނުމާއި ޚިދުމަތް އަމާޒުކުރެވޭ ފަރާތްތަކުގެ ޝަކުވާތައް މަދުކުރުމުގެ މަސައްކަތް

ޖުޑީޝަރީއަކީ ތައްޔިތުންގެ އަތްފޯރާ ހަމައިގާ އޮންނަ ދާއިރާއަކަށް ވުމަށްޓަކައި އިލެކްޓްރޯނިކް ރިސޯސް ބޭނުންކޮށްގެން ޚިދުމަތް ތަރައްޤީކުރުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަމާޒެވެ.

ކޯޓުތަކުގެ ޝެޑިއުލް ފަސޭހައިން ސިމްޕްލިފައިޑް އެޕެއްގެ ޒަރީޢާއިން ރައްޔިތުންނަށް ލިބޭގޮތް ހެދުމާއި ދުވަހުން ދުވަހަށް 196 ކޯޓަކުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކޭސްފައިލް ކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އެއްބާރުލުމާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ކުރިއަށް ގެންދާނެ މަސައްކަތްތަކެވެ.